ތުރުކީ ވިލާތަކީ މުއްސަނދި ތާރީހެއް ލިބިފައިވާ ގަދީމީ ގައުމެކެވެ. ކޮންމެ އަހަރަކުވެސް އެތައް ހާސް ފަތުރުވެރިންނެއް އެގައުމުގެ ތާރީހާއި ސަގާފަތް ބަލާލުމަށްޓަކައި އެގައުމަށް ދަތުރު ކުރެ އެވެ.

މިފަހަރު މި ބަލާލަނީ ތުރުކީ ވިލާތުގެ އުތުރު އައްސޭރި ފަށުގައި އޮންނަ މުޅިން ތަފާތު ރަށަކަށެވެ. ކަޅު ކަނޑުގެ އައްސޭރިފަށުގައި އޮންނަ ބުރުޖް އަލް ބަބާސްއަކީ ތުރުކީގެ ފޮރުވިފައިވާ މުތެކޭ ބުނެވިދާނެ އެވެ.

ބުރުޖް އަލް ބަބާސް

އެއް ޑިޒައިނަކަށް އިމާރާތް ކުރެވިފައިވާ 700 އެއްހާ ގަނޑުވަރު ފެންނަ އެ ރަށުގެ މަލަމަތި ހުވަފެނީ ރަށެއްގެ މަލަމައްޗާ އެއްފަދަ އެވެ. ދުރުން ފެންނައިރު އެ މަލަމަތިން ސިފަ ވަނީ ގަދީމީ އާސާރުތައް ގިނަ ރަށެއްގެ ގޮތުގަ އެވެ.

2014 ވަނަ އަހަރު ތަރައްގީ ކުރަން ފެށި ބުރުޖް އަލް ބަބާސްއަކީ އެއް އިރެއްގައި ތުރުކީގެ "ޑްރީމް ޕްރޮޖެކްޓް" އެވެ. އެ ގައުމަށް އެތައް ހާސް ފަތުރުވެރިންނެއް ގެނެވޭނެ ކެމަށް ބެލެވުނު ރަށެކެވެ.

ހަތަރު އަހަރު ދުވަހުގެ ތެރޭގައި ތަރައްގީކޮށް ނިންމަން ކަނޑައެޅުނު އެރަށުގެ މަސައްކަތް ހުއްޓުމަކަށް އައީ 2019 ވަނަ އަހަރު ކުރިމަތިވި ކޮވިޑް 19ގެ ޕެންޑެމިކްއާއެކު ތުރުކީގެ އިގްތިސާދު ހީނަރުވުމާ ގުޅިގެންނެވެ.

ބުރުޖް އަލް ބަބާސް

ބުނެވޭ ގޮތުގައި މަސައްކަތް ހުއްޓުނުއިރު އެ ރަށުގައި ބިނާކުރެވިފައިވާ ހުރި ހުރިހާ ގަނޑުވަރުތަކެއް ވަނީ 370،000 އާއި 500،000 އެމެރިކާ ޑޮލަރުގެ އަގަަކަށް ވިކިފަ އެވެ.

އޭގެ ފަހުން އެރަށް އޮންނަނީ އަޅާނުލެވި އޮތް އާސާރެއްގެ ގޮތުގަ އެވެ. އެރަށުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާއިރު ގިނަ ބައެއްގެ ސަމާލުކަން އެ ރަށަށް އަންނަނީ ލިބެމުންނެވެ.