އިންޑިއާގެ ހައިދަރުއާބާދުގެ އޮސްމޭނިޔާ ޔުނިވާސިޓީގައި ފަސް އަހަރު ވަންދެން ގާޑުކަން ކުރި މީހަކު އެންމެ ފަހުން ލެކްޗަރާއަކަށް ބަދަލުވެެއްޖެ އެވެ.

ޖަންނަރާމް އަވަށުގެ ފަގީރު އާއިލާއަކަށް އުފަން 31 އަހަރުގެ ޕްރަވީން އަކީ ކިޔަވައިދިނުމަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. އެ ދާއިރާއަށް ދެވެން އޮންނީ ކޮންމެ ފަސް އަހަރަކުން އެއްއަހަރު އޮސްމޭނިޔާ ޔުނިވާސިޓީގައި ބާއްވާ އިމްތިހާނަކުން ފާސްވެގެންނެވެ.

ޕްރަވީން ކުރިން ވަނީ އެ އިމްތިހާންތައް ހެދި ނަމަވެސް ފެއިލްވެފަ އެވެ. ނަމަވެސް އަޒުމް ވަރުގަދަ އަދި ކެތްތެރި ޕްރަވީން ދޫކުރާކަށް ގަސްތެއް ނުކުރި އެވެ. ފައިސާ ބޭނުން ވާތީ އޭނާ ނިންމީ މަހަކު 9،000 ރުޕީސް ލިބޭ ނައިޓް ގާޑެއްގެ ވަޒީފާއަކަށް ދިއުމަށެވެ.

ރޭގަޑު ޑިއުޓީގައި ހޭދަވާ 13 ގަޑިއިރު ޕަރާވީން ހޭދަކުރަނީ ފޮތްކިއުމުގަ އެވެ. ފަސް އަހަރު ވަންދެން އެގޮތަށް ކިޔެވުމަށްފަހު އިށީނދެ އިމްތިހާން ކާމިޔާބު ވެސް ކުރި އެވެ. މިހާރު އޭނާއަކީ މަހަކު 54،220 ރުޕީސް އާއި 1،33،630 ދެމެދު ރުޕީސް ލިބޭ ޖޫނިއާ ލެކްޗަރާއެކެވެ.