އުމްރާގެ އަޅުކަމަށް ފުރާ މީހުން ދުރާލާ އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދިއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ އެމްއޭސީއެލްއިން ބުނީ އުމްރާގެ އަޅުކަމަށް ފުރުމުގެ ތަޖުރިބާ ވީހާ ވެސް އޮމާންކަމާއި ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް އުމްރާގެ އަޅުކަމަށް އެތައް ބަޔަކު ފުރުމަށް ހަމަޖެހިފައިވާތީ، އެއާޕޯޓުގައި ތޮއްޖެހުން ކުޑަ ކުރުމަށް ވީހާ ވެސް އަވަހަށް ޗެކިންވުމަށް އެމްއޭސީއެލްއިން އެދިފައިވެ އެވެ.

އެ ކުންފުނިން ބުނީ އުމްރާގެ އަޅުކަމަށް ފުރަން އަންނަ ފަރާތްތަކަށް އެކި މަރުޙަލާތަކުގައި އެހީވުމަށް އެއާޕޯޓުގެ މުވައްޒަފުން ތިބޭނެ ކަމަށެވެ.