ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޒީނާދު އައްޔަންކޮށްފި އެވެ.

މިދިޔަ ސަރުކާރުގައި އޭނާ ހުންނެވީ އެސްއެމްއީ ޑިވޮލެޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގަ އެވެ.

އޭނާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން ފިނޭންސް ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފަ އެވެ. އޭނާ ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)ގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފަ އެވެ.

އެޗްޑީސީއެފްސީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޯހިޔާވަހިކަމުގެ ދާއިރާ އަށް ހާއްސަކޮށް ފައިނޭންސް ފޯރުކޮށްދިނުމުގެ ހިދުމަތްދޭ ކުންފުންޏެވެ.

އެ ކުންފުންޏަކީ ސްޓޮކް މާކެޓު މެދުވެރިކޮށް އެންމެ ކާމިޔާބު ކަމާ އެކު ފަންޑު ހޯދަމުން އަންނަ އެއް ކުންފުންޏެވެ.

އެ ކުންފުނިން އެންމެ ފުރަތަމަ ސްޓޮކް މާކެޓުގައި ލިސްޓުކޮށްގެން ބޮންޑެއް ވިއްކަން ފެށީ 2013 ވަނަ އަހަރުން ފެށިގެންނެވެ.