ބޮލީވުޑްގެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ދަރިފުޅު ރަހާ ކަޕޫރުގެ އުމުރުން އެންމެ އެއް އަހަރުގައި އޭނާ މުދާވެރިޔަކަށް ވެއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ރަންބީރުއާއި އާލިއާ ދެން ގަންނަ ގެ ރަޖިސްޓްރީ ކުރާނީ ރަހާގެ ނަން މަތީގަ އެވެ. އެ ގޭގެ ރަޖިސްޓްރީގައި ދެން ހިމެނޭނީ ރަންބީރުގެ މަންމަ ނީތޫ ކަޕޫރު އެވެ.

މުމްބާއީގެ އެންމެ އަގުބޮޑު އެއް ސަރަހައްދު ކަމަށްވާ ބެންޑްރާގައި ހުންނަ އެ ބަންގްލޯ ސްޓައިލްގެ ގެއަކީ 250 ކްރޯޑް ރުޕީސްގެ އަގުބޮޑު ގެއެކެވެ.

މިއާއެކު ރަހާ ކަޕޫރު ވެފައިވަނީ ބޮލީވުޑް "ސްޓާ ކިޑްސް"ގެ ތެރެއިން އެންމެ ހަގު އުމުރެއްގައި މުދާވެރިއަކަށްވި އޭނާގެ އުމުރުގައި އެންމެ މުއްސަނދި ކުއްޖާއަށެވެ.

ދެހާސް އެކާވީސް ވަނަ އަހަރު ކައިވެނިކުރި ރަންބީރާއި އާލިއާއަށް ރަހާ ލިބިފައިވަނީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން ރަހާ ވެފައިވަނީ މީޑިއާގެ "ފޭވަރިޓް" ކުއްޖަކަށެވެ.