މޭގަން މާކެލް އާއި ޕްރިންސް ހެރީގެ އާއިލާއަށް ހަތަރުވަނަ މެންބަރަކު އިތުރުވާކަން މިވަނީ އިއުލާންކޮށްފަ އެވެ.

"އާޗީ ބޭބެއަކަށް ވާނެ ކަން މިވަނީ ޔަގީންވެފައި. ޑޫކް އާއި ޑަޗެސް އޮފް ސަސަކްސް ތިއްބެވީ ވަރަށް އުފަލުން،" އެ އާއިލާގެ ތަރުޖަމާނަކާ ހަވަލާދީ "ޕީޕިލް" މެގަޒިންގައި ރިޕޯޓުކޮށްފައިވެ އެވެ.

މޭގަން ބަނޑުބޮޑުކަން އިއުލާނުކޮށްފައިވަނީ އެ ދެމަފިރިންގެ ލޯބި ފޮޓޯއަކާ އެކުގަ އެވެ. ހުދާއި ކަޅުން ހުރި މި ފޮޓޯ ނަގާފައި ވަނީ އެ އާއިލާގެ ޒަމާންވީ ފޮޓޯގްރާފަރެއް ކަމަށްވާ މިސަން ހެރިމެން އެވެ. ފޮޓޯއިން ހެރީ އިންނަނީ އޭނާގެ އުނގުގައި އޮތް މޭގަލްއަށް ލޯބިން ބަލައިގެންނެވެ. އަދި މޭގަލް އޮތީ އޭނާގެ ބަނޑުގައި އަތް އަޅާލައިގެންނެވެ.

ފޮޓޯގައި މޭގަލް ލާފައިވާ ހެދުމަކީ ކެރޮލީނާ ހެރޭރާ ޑިޒައިންކޮށްފައިވާ ހެދުމެކެވެ. އެ ހެދުން އެންމެ ފުރަތަމަ ތައްޔާރުކޮށްފައިވަނީ މޭގަން އާޗީއަށް ބަލިވެ އިންދަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މޭގަން ވަނީ އޭނާ ބަނޑުބޮޑުވިކަމާއި، އެ ދަރި ބައިގެން ދިޔަ ހިތި ތަޖުރިބާ މީޑިއާތަކާ ހިއްސާކޮށްފަ އެވެ.

"ދަރިފުޅުގެ ވަކިވެ ދިއުމަކީ ކެތްނުކުރެވޭ ވަރުގެ ހިތާމައެއް. މިއީ ވަރަށް ގިނަ މީހުން ތަޖުރިބާކޯށްފައިވާ އެހެނަސް ވަރަށް މަދު ބަޔަކު ދައްކާ ވާހަކައެއް،" ނިއުޔޯކް ޓައިމްސް ގައި ނޮވެމްބަރު 25 ވަނަ ދުވަހު މޭގަލް ލިޔުނު އާޓިކަލެއްގައި ވެ އެވެ.