ގއ. ވިލިނގިލީގައި ސިހުރު ހެދި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުގެރޭ ވިލިނގިލީގައި ސިހުރު ހަދާ ކަމަށް ބުނާ މައްސަލަައެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
ވިލިނގިލީގައި ސިހުރު ހަދާ މީހާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. އެ ވީޑިއޯ އިން ފެންނަނީ އެ ސިހުރު ހަދާ ކަމަށް ބުނާ މީހާގެ ފަހަތުން އެ ރަށުގެ ބަޔަކު ހިނގާފައި ދާ ތަނެވެ.
ސިހުރު ހަދާ ކަމަށް ބުނާ މީހާގެ ސޯޓު ތެރެއަށް އެއްޗެއް ލައި ފޮރުވައިގެންދާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ. ފޮރުވައިގެން ގެންދިޔައީ ސިހުރު ހެދުމަށްފަހު ކަފުން ކުރަން ގެންދާ އެއްޗެއް ކަމަށް ވެސް ވީޑިއޯގައި ވާހަކަ ދައްކާ މީހުން ބުނެފައިވެ އެވެ. އެމީހާ ގޮސް އިށީނީ އައްޓެއްގައި ހުރި ޖޯއްޔެއްގަ އެވެ.
އޭގެ ފަހުން ފުލުހުން އައިސް އެމީހާ ވެހިކަލަކަށް އަރުވައިގެން ގެންދާ މަންޒަރު ވެސް ފެނެ އެވެ.
ހުއްދަ ނެތި ބޭސް އެތެރެކޮށްފިނަމަ ބޮޑު ޖޫރިމަނާއެއް
"ސެންޓަ އެންޓަޕްރައިސަސްއިން އޮޅުވާލައިގެން ފައިސާ ހޯދަން އުޅުނު"
"ކޯން ބަނޭގާ ކްރޯޑްޕަތީ 18"އާއެކު އަމީތާބު ޓީވީ ސްކްރީނަށް!