ޗައިނާގެ ހުރިހާ ރައްޔިތުންނަށް މި ވަގުތު ކޮވިޑް-19ގެ ވެކްސިން ދިނުން މުހިއްމެއް ނޫން ކަމަށް އެ ގައުމުގެ ސިއްހީ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި ވަގުތު ބެއިޖިންގް އިން އެންމެ ބޮޑު އިސްކަމެއް ދެނީ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ހައި ރިސްކު މީހުންނަށް ވެކްސިން ދިނުމަށެވެ.

"ޗައިނާގެ ވޫހާން އިން ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނުމަށްފަހު މިހާރު އެތައް ފަހަރަކު ވައިރަސް ކޮންޓްރޯލް ކޮށްފި." ޗައިނާގެ ޝެންޒެން ސިޓީގައި ބޭއްވި ވެކްސިން ސަމިޓެއްގައި ވާހަކަފުޅު ދައްކަވަމުން ޗައިނީސް ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ޑިރެކްޓަރ، ގާއޯ ފޫ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އާންމުނަށް ވެކްސިން ދިނުމުގައި އޭގެއިން ލިބޭ ފައިދާ ތަކާިއ ގެއްލުންތައް ބެލެންސް ކުރަން ޖެހެ އެވެ. އަދި ހަރަދާއި ލިބިދާނެ ސައިޑް އިފެކްޓްތަކަށް ބަލާފައި މިވަގުތު އާބާދީގެ އެންމެނަށް ވެކްސިން ދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ގަބޫލުނުކުރައްވާ ކަމަށެވެ. -ސީއެންއެން