މީހުން ކުޅިވަރު ބަލަނީ ހިތްހަމަ ޖެހޭތީ އެވެ. އެކަނި ކުޅިވަރު ބެލުމަށް ވުރެ ގިނަ މީހުން އެއްވެގެން ކުޅިވަރު ކުޅޭތަން ބެލުމަކީ މީހުން އަދި މާ ގަޔާވާ ކަމެކެވެ. ވަރަށް މަޖާ ވެސް ކަމެކެވެ.

ކުޅިވަރު ބެލުމާއި އެކަމުން ސިއްހަތަށް ކުރާ ފައިދާ އާ ގުޅިފައިވާ މިންވަރު މީގެ ކުރިން ދެނެގަނެވިފައި ވަނީ ވަރަށް ކުޑަކޮށެވެ.

ކުޅިވަރު ބެލުމަކީ ސިއްޙަތަށް ވަރަށް ފައިދާ ހުރި ކަމެއް ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާގައި ކުޅިވަރު ބަލާ އެތައް ބައެއްގެ އިންޓަވިއުތަކާއި އެމީހުންގެ ސިކުޑީގެ ސްކޭންތަކުގެ ރިޕޯޓު ދެނެގަނެވުނެވެ. އިންޓަވިއުތަކުގެ ބައިވެރިންގެ ފަރާތުން އެއްކުރެވުނު މައުލޫމާތުން ހާމަވީ ކުޅިވަރު ބެލުމަކީ އެމީހުން ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމެވެ. އޭގެ ސަބަބުން އެކުވެރިކަން އާލާވެ، އާގުޅުންތަކަށް މަގުފަހިވެ، ސްޓްރެސް ފިލާ ކަމެއްގެ ގޮތުގަ އެވެ.

ސިކުޑީގެ ސްކޭންތަކުން ދައްކަނީ ކުޅިވަރު ބެލުމުގެ ސަބަބުން ސިކުނޑީގެ މަސައްކަތް އިތުރުވެފައިވާ ކަމެވެ. އެ ކަމަކީ ދިގު މުއްދަތަކަށް ސިކުނޑިއަށް ފައިދާ ކުރާނެ ކަމެއް ކަމަށް ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން ދެކެ އެވެ. މި ދިރާސާގެ އަލީގަ ކުޅިވަރު ބެލުކީ ގަވާއިދުން ކުރާކަމެއްގެ ގޮތުގައި ހެދުމަށް އެފަރާތްތަކުން ލަފާދެ އެވެ.