1. ދިންގްލިޝް އަސްލު ފެށުނީ ކިހިނެއް؟
ޖަވާބު: ރީޖަނަލް ގްރޫޕަކާއި އެކީ މަސައްކަތް ކުރި ޕްރޮޖެކްޓެއްގައި ދިވެހި ރާއްޖޭގެ ފަރާތުން ކޯޑިނޭޓަރަކަށް ހުރިން. އެ ޕްރޮގްރާމަކީ ސޯޝަލް މީޑިއާ މުހިއްމު ކެންޕޭންތައް ހިންގަން ޒުވާނުން ޓްރެއިން ކުރި ޕްރޮގްރާމެއް. ދެން އެ ޕްރޮޖެކްޓްގައި ކުރި މަސައްކަތަކީ ދިވެހި ޒުވާނުންނަށް މުނިފޫހިފިލުވުމަށް ބޭނުންކުރާ ކޮންޓެންޓް ހޯދުން. ދެން އަދިތްޔަ ތާރޭގެ "ހިންގްލިޝް ޕޮއެމްތައް ފެނިގެން ހިތަށްއެރީ އަފްނާން ވެސް "ދިންގްލިޝް" ކޮންސެޕްޓްއެއް ގޮތަށް ޓްރައި ކުރަން. އުނދަގޫ ޓޮޕިކްތަކުގެ ވާހަކަ ދައްކަން ފަސޭހަވާނެއޭ ހިތަށް އެރީ.
2. ދިންގްލިޝް ޕޯސްޓް އަދި ވީޑިއޯތަކުން ރަނގަޅު އިންފްލުއެންސްވާ ކަމަށް ގަބޫލްކުރަންތަ؟
ޖަވާބު: އާން. ގަބޫލުކުރަން ދިންގްލިޝްގެ ކުރިންވެސް އެޑްވޮކަސީގެ އެކި މަސައްކަތްކުރިން. ސީރިއަސް ކަންކަމުގައި ބޮޑެތި އޯޑިއަންސް ހޯދަން އުނދަގޫ. ކުރިން އެކި އެކި އޯގަނައިޒޭޝަންގެ އެކި އެކި ޕްރޮޖެކްޓްތަކުގައި އުޅުނިން. އެހެންވީމާ މިހާ ގިނަ ބައެއްގެ ކައިރީ ވަރަށް ބައިވަރު މުހިއްމު ވާހަކަތައް ދައްކަން ލިބުމަކީ ހަމަ ވަރަށް ބޮޑު ނަސީބެކޭ ހިތަށް އަރަނީ.
3. ވީޑިއޯތަކާއި ޕޯސްޓްތައް ހަދަން ވަރަށް ވަގުތު ހޭދަވޭތަ؟
ޖަވާބު: ޑިޕެންޑްސް އޮން ދަ ޕޯސްޓް. ބައެއް ޕޯސްޓްތަކަށް ވަރަށް ރިސާޗް ހަދަން ޖެހިދާނެ. އެހެން ޕޯސްޓްތަކަށް އެހާ ވަގުތާއި އެނާޖީއެއް ނުދޭ.
4. ސިޔާސީ ދާއިރާއިން ފެނިދާނެތަ؟
ޖަވާބު: ނުފެންނާނެ. ކުރިންވެސް ކޮންމެސް ވަރަކަށް ސިޔާސީ މަގާމްތައް އޮފާކުރި. އެކަމަކު ދިވެހިރާއްޖޭގައި ކަންކަން ވާ ގޮތުން, ދުވަހަކު ވެސް ހިތަކަށް ނާރާ ހަވާލުވާނަމޭ އެކަހަލަ މަގާމަކާ. ސިޔާސީ މަގާމުތަކުގައި ތިބި މީހުންނާ އެކީ މަސައްކަތް ކުރިން. ސިޔާސީ ނުފޫޒާއި ހެދި އެމީހުންނަށް ރަނގަޅު މަސައްކަތެއް ނުކުރެވޭ. އެހެންވީމަ ހަމަ ނަމަކަށް މަގާމެއް ހޯދާކަށް އަފްނާނެއް އެއްވެސް ކަމެއް ނުކުރާން.
5. އަފްނާންއަށް ފެންނަ ގޮތުގައި އިޖްތިމާއި މައްސަލަތަކުގެ ތެރެއިން ވަރަށް އަވަސް ހައްލެއް ބޭނުންވަނީ ކޮންކަމަކަށް؟
ޖަވާބު: ބައިވަރުކަންކަން ދޯ. އަފްނާންއަށް އެންމެ މުހިއްމު ވަނީ ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް. ކުޑަކުދިންނަށް ލިބޭ އަނިޔާގެ މައްސަލަތަކަކީ ހައްލުކުރަން ނުވަތަ ވީހާވެސް މަދުކުރެވޭތޯ މަސައްކަތްކުރަން ބޭނުންވާ ކަމެއް.
6. ރައްޔިތުންގެ މަޖިލީހަށް އަންހެނުން މަދުން ހޮވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްތަ؟
ޖަވާބު: އާން. އޮފްކޯސް [ޔަގީން]. ރައްޔިތުންގެ މަޖިލިސް އެކަންޏެއް ނޫން. ޕަބްލިކް އޮފިސްތައް ހިންގާ އަންހެނުން މަދުވުމަކީ ވަރަށް ދެރަކަމެއް. މިހާރުގެ ވޯކް ފޯހަށް ބެލިއަސް އަންހެނުން މަދެއް ނުވާނެ. އެކަމަކު ޑިސިޝަން މޭކިން ލެވެލްގައި އަބަދުވެސް އަންހެނުން އާދަޔާ ޚިލާފަށް މަދު. މިއީ ހަމަ ވަރަށް ކޮންސާނިން ކަމެއް.
7. އަފްނާން އުޅެނީ ވަޒީފާއެއްގަތަ؟
ޖަވާބު: އަފްނާން މަސައްކަތްކުރަނީ އިންޑިޕެންޑަންޓް ކޮންސަލްޓަންޓެއްހެން އެކި ޖަމިއްޔާތަކާ އެއްކޮށް. މީގެ އިތުރުން އަފްނާން އާއި އިތުރު ދެ ޕާޓްނަރުންނާއި އެކީ ޓޭބަލް ޓެނިސް އެކަޑަމީއެއް ހިންގަން. ހަ އަހަރު ވަންދެން އެކި އެކި ޖަމިއްޔާތަކުގައި މަސައްކަތް ކޮށްފައި, ބައިބަރު ޕްރޮޖެކްސް ހިންގާފައި, ވީހާ ވެސް ސީވީ ރީތިކުރެވޭތޯ ބެލީ. އެވަރަށް މަސައްކަތް ކުރެވި, ސީވީ ހިތްހަމަ ޖެހޭ ވަރުވީމަ ދެން ނިންމީ ދުވަހަކު ވެސް މީހަކަށް މަސައްކަތް ނުކޮށް, މީހުންނާއި އެކީ މަސައްކަތްކުރަން. މިހާރު އަމިއްލަ ވަގުތުގައި މަސައްކަތްކުރެވޭ އެޒް ލޯންގް އޭޒް އައި މީޓް ދަ ޑެޑްލައިންސް.
8. ޒަރޫރީ ހުރިހާ ޚިދުމަތްތަކެއް ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނަމަ، ދިރިއުޅެން ޗޫޒް ކުރާނީ ކޮން ރަށެއް؟
ޖަވާބު: ލ. އަތޮޅުގެ ކޮންމެ ރަށެއް ވެސް އޯކޭ. އައި ލަވް ދެޓް އެޓޯލް. ހަމަ ގައިމު ވެސް މާލެއަކު ނޫޅޭނަން.
9. ދިންގްލިޝްގެ ވީޑިއޯއެއްގައި ބައިވެރިކޮށްލަން އަދި ފުރުސަތު ލިބިފައިނުވާ އެކަމަކު ވަރަށް ބޭނުން މީހަކު އެބަހުރިތަ؟
ޖަވާބު: އެހެން ވަކި މީހަކު ބޮލަކަށް ނާދޭ. އެހާ ގިނައިން މީހުންނާއި އެކީ އަސްލު ޓިކްޓޮކް ނަހަދަން. މަޖްލިސް ޓޯކްސްގައި ވެސް ތިބޭނީ އަމިއްލައަށް ރީޗްއައުޓް ކުރި ކެންޑިޑޭޓްސް
10. ދިންގްލިޝްގެ ފޭނުންނަށް ބުނެލަން އޮތީ ކީކޭ؟
ޖަވާބު: ބުނެލާނީ އޯލްވޭސް ޗޫސް ޓު ބީ ކައިންޑް އޭ. އެހެން ނެހެދޭނަމަ, އެ ސިޓުއޭޝަން އިން ރިމޫވްވާށޭ އިންސްޓެޑް އޮފް ބިއިން މީން.