އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ކުރިމަތީގައި ހަދަމުންދިޔަ އިމާރާތެއްގެ ބައެއް މަގުމައްޗަށް ވެއްޓި، ބަޔަކަށް އަނިޔާވެ ބައެއް އުޅަނދުފަހަރަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނީ، އައިޖީއެމްއެޗް ކުރިމަތީގައި އިމާރާތް ކުރަމުންދިޔަ ތަނެއްގެ ބިއްގަނޑު މަގުމައްޗަށް ވެއްޓިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 5:06 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ، މި ހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައި ކަމަށެވެ. އަދި މަގުމަތިން ދިޔަ ބައެއް މީހުންނަށް ކުދި އަނިޔާތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ކަށަވަރުކޮށްދެ އެވެ. އެހެންނަމަވެސް، މި ހާދިސާގައި އަނިޔާވި މީހުންގެ ސީދާ އަދަދެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އިމާރާތުން ވެއްޓިފައިވަނީ ބޮޑު ޓިނުން ހަދާފައިވާ ބިއްގަނޑެކެވެ. އަދި ޓިނުގަނޑު ވެއްޓުނު ވަގުތު މަގުމަތިން ސައިކަލުގައި ދިޔަ މީހެއްގެ ގައިގައި ޖެހި އަނިޔާވާ މަންޒަރާއި، ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތަކުގެ މައްޗަށް އެ ވެއްޓިފައިވާ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އިންޒާރާއެކު އީރާނުން އާ މިސައިލް ލޯންޗަރެއް ދައްކާލައިފި
ތަކުރާރުކޮށް ބޮލުގައި ރިހުމަށް މަގުފަހިވާ އާއްމު އާދަތަކެއް!
މައިލީ ސައިރަސްއާއި މެކްސް މޮރާންޑޯ ކައިވެނި ކޮށްފި