ގުދުބަލި ނުވަތަ ޗިކުންގުންޔާ ފެތުރެނީ ޑެންގޫ ހުންފަތުރާ މަދިރި ކަމަށްވާ އީޑިސް މަދިރީގެ ސަބަބުންނެވެ.
މި މަދިރި އާންމުކޮށް ހަފަނީ ހެނދުނާއި ހަވީރުގެ ވަގުތުތަކުގަ އެވެ.
މޮޒަމްބީކްގެ ކިމަކުންޑޭ ބަހުން ޗިކުންގުންޔާ އަށް ގުދުކުރާ ބަލި ކިޔުނީ މިބަލި ޖެހުމަށްފަހު މީހުން ގުދުވެފައި ތިބޭތީ އެވެ. މި ބަލިފަތުރާ އީޑިސް މަދިރި ހަފާތާ ދެވަނަ ނުވަތަ ހަތްވަނަ ދުވަހުގެ ތެރޭ ބަލީގެ އަލާމާތްތައް ފެންނަން ފަށަ އެވެ.
ފެންނަ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ގަދައަށް ހުންއައުމާއި ބޮލުގައި ރިއްސުމާއި ހަމުގައި ބިހި ނެގުމާ އަދި އާދަޔާޚިލާފަށް ގައިގައާއި ހުޅުތަކުގައި ރިއްސުމެވެ. ޑެންގޫ އާއި ޗިކަންގުންޏާ ތަފާތުކޮށްދޭ އަލާމާތަކީ ވެސް ޗިކުންގުންޏާގައި ހުޅުތަކުގައި ރިއްސުމެވެ.
މިބަލީގައި ހުން ރަނގަޅު ވީނަމަވެސް، ހުޅުތަކުގައި ރިއްސުން އެތައް ދުވަހަކަށް ނުވަތަ އެއަށް ވުރެ ގިނަ ދުވަހަށް ވެސް ދެމިގެން ދެ އެވެ. ހުޅުތަކުގެ ރިހުން ކުޑަކުރުމަށްޓަކައި ދުވާލަކު ދެފަހަރު ހުޅުތަކަށް ދަމާލާށެވެ. ފައިގެ ހުޅުތަކަށް ދަމާލުމަށް ގޮނޑީގައި އިށީނދެ އިނދެ ފަހަރަކު ފައެއް އުފުލާލާށެވެ. އުފުލާލި ފައި ދިހަ މިނެޓު ވަންދެން އެގޮތުގައި ބަހައްޓާފައި ތިރިކޮށްލާށެވެ. ދެން ދެވަނަ ފައި ވެސް ހަމަ އެގޮތަށް ހިއްލާށެވެ. ދުވާލަކު ދެފަހަރު މި ކަސްރަތު ކޮށްލުމުން ހުޅުތަކަށް ލުޔެއް ލިބިގެންދާނެ އެވެ.