މެހީގެ މަސައްކަތަކީ އަބަދުވެސް ކޮންމެވެސް ކާއެއްޗެއް ހޯދުމެވެ. އެއީ މެހީގެ އުމުރު ބިނާވެފައި ވަނީ ލިބޭ ކާބޯތަކެތީގެ މައްޗަށް ކަމަށް ވާތީ އެވެ.

ކާ އެއްޗަކާ ނުލައި މެއްސަކަށް ދިރިއުޅެވެނީ އެންމެ ދެތިން ދުވަހެވެ. ކާން ތިބޭއިރު ކާއެއްޗެއްގައި މެހި ޖެއްސުމުން އަވަހަށް އޭތި ފޮޅާލެވެނީ އެއީ ބަލިފަތުރާ އެއްޗެއްކަން އެނގޭތީ އެވެ. ބައެއް ފަހަރު މެއްސެއް ކުޑަކޮށް ޖައްސާލިއަސް ކާ ހިތްކެނޑެ އެވެ.

މެއްސަކީ ހަގީގަތުގައި ވެސް ވަރަށް ނަޖިސް ސުތްޕެކެވެ. އަނގަ އާއި ދަތް ނެތް މި ސޫފި ދިޔާ ނޫން ކޮންމެ ކާއެއްޗެއް ކެއުމަށްޓަކައި ކާ އެތިމަތީ އިށީނދެ ކާ އެއްޗަށް އޭތީގެ ކުޅު އޮއްސާލަ އެވެ. ނުވަތަ ހޮޑުލަ އެވެ. މި ހޮޑަކީ އިންސާނުންގެ ބޮޑުކަމުދާ ތަކެއްޗާއި މަރުވެފައިވާ ދިރޭތަކެއްޗާ އެފަދަ ނަޖިސް ތަކެތީން އުފެދިފައިވާ ނުރައްކާތެރި 65 ވަރަކަށް ޖަރާސީމުގެ "މިކްސް" އެކެވެ.

އެ ހޮޑުގައި ޚާއްސަ "އެންޒައިމް"(މާއްދާ )އެއް ހުރެ އެވެ. އެ މާއްދާގެ މައިގަނޑު މަސައްކަތަކީ އޭތީގެ ހަށިގަނޑަށް އެތެރެ ކުރެވޭނެ ގޮތް ހެދުމަށްޓަކައި ކާތަކެތި ދިޔާކުރުމެވެ. ކާއެތި "ސްމޫތީ"އަކަށް ބަދަލުވުމުން އޭތީގެ އިންނަ ހިމަ ހޮނު ބޭނުންކޮށްގެން އެ ދިޔާ ކުރި ކާއެތި ބޯލަ އެވެ. މިވަރުން އަދި ނިންމާލަނީކީ ނޫނެވެ. ކާތަކެއްޗަށް އަވަސް އަވަހަށް ބޮޑުކަމު ދިއުމަކީ ވެސް އޭތި ކުރާ ކަމެކެވެ.

މެއްސަކީ ހީނުކުރާ ވަރަށް ވުރެ ނުރައްކާތެރި ޖަރާސީމު ފަތުރާ ސުއިއްޕެއް

މެހީގެ ހަށިގަނޑުގެ ބޭރުގައި ވެސް އެތައް ޖަރާސީމެއް ހުރެ އެވެ. އަދި ބަލިފަތުރާ ވައިރަސްއެއް ފަތުރާލުމަކީ މެއްސަށް ދާދި ފަސޭހަ ކަމެކެވެ. ވީމާ މެހި ކާތަކެތީގައި ގިނަ ވަގުތު ހޭދަކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ހަމަ ޖައްސާލިޔަސް އޭގެ ނުރައްކަލެއް ނެތެވެ. ކާތަކެތި މަތީ އިނދެ މެހި ކުރާ ދެވަނަ ކަމަކީ ބިސް އެޅުމެވެ. އަންހެން މެހި ފަހަރަކު 100 ނުވަތަ 150 ބިސް އަޅަ އެވެ.

ޖައްވު ހޫނު ނަމަ އެ ބިސްތައް ގާތްގަނޑަކަށް ހަތް ގަޑިއިރު ތެރޭގައި ފުޅައަށް ބަދަލުވެ އެވެ. ފިނިނަމަ އެ ބަދަލު އަންނަން ގާތްގަނޑަކަށް ދެ ދުވަސްވަރު ނަގަ އެވެ. އެއަށްފަހު އެކި މަރުހަލާ ކަޑައްތު ކުރުމަށްފަހު، އެ ބިސްތައް މެއްސަކަށް ބަދަލުވެ ދިރިހުރުމަށްޓަކައި އޭތި ކުރަންޖެހޭ މަސައްކަތައިގެން ކުރިއަށްދެ އެވެ.