އިންޑިޔާގެ މަޝްހޫރު ކްރިކެޓް ކެޕްޓަން ވިރާތު ކޯލީ އާއި ފިލްމީ ބަތަލާ އަނުޝްކާ ޝަރުމާ ދިރިއުޅުން އެހެން ގައުމަކަށް ބަދަލުކުރުމަށް ނިންމައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވިރާތު އާއި ބަތަލާ އަނުޝްކާ އިންޑިއާ ދޫކޮށް އެހެން ގައުމަކަށް ދިރިއުޅުމަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އަނުޝްކާ ދިރުއުޅުން އެހެން ގައުމަކަށް ބަދަލުކުރަނީ ބޮލީވުޑްގެ ކެރިއަރު ދޫކޮށްލުމަށްފަހު އެވެ.
މި ވާހަކަ މިގޮތަށް މީޑިއާގައި ތިލަވެފައި މިވަނީ ވަރަށް ފަހު ވިރާތު ދިން އިންޓަވިއުއެއްގެ ސަބަބުނެވެ. އޭނާގެ ކްރިކެޓް ކެރިއާއިން ރިޓަޔާ ކުރުމާ ބެހޭ ގޮތުން ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ.
މީގެ ކުރިން ވެސް ވިރާތު އާއި އަނުޝްކާ ވަނީ ދިރިއުޅުން އިނގިރޭސިވިލާތަށް ބަދަލުކޮށްފަ އެވެ.
ދާދި ފަހުން އައިޕީއެލް ޓީމު ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރުސީބީ) އާ އެކު ހާއްސަ ޑިނާ އިވެންޓެއްގައި ވާހަކަ ދައްކަމުން ވިރާތު ކޯލީ ވަނީ ކްރިކެޓް ކުޅުން ހުއްޓާލުމަށްފަހު ކުރަން ރާވާފައިވާ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
އަނުޝްކާއާއި ވިރާތުއަކީ ބޮލީވުޑްގެ އެންމެ ލޯބި ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ދެމަފިރިންނެވެ. އެ ދެމީހުންނަކީ ވަރަށް ގިނައިން އެކަކު އަނެކަކަށް އޮތް ލޯބި އާއްމުކޮށް ހިއްސާކުރާ ދެމީހުންނެވެ.
ދެހާސް ސަތާރަ ވަނަ އަހަރުގެ ޑިސެމްބަރު މަހު ކައިވެނިކުރި އަނުޝްކާއާއި ވިރާތު އަށް މިހާރު ވަނީ ދެ ކުދިން ވެސް ލިބިފަ އެވެ. އެއީ ވަމިކާއާއި އަކޭއި އެވެ.