ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކަރީނާ ކަޕޫރު ހާން އާއި ތާބޫ އަދި ކްރިތީ ޝެނޮން އެކުގައި ފެންނަ ފިލްމު "ދަ ކްރޫ" ނެޓްފްލިކްސްގައި ޕްރިމިއާކޮށްފި އެވެ.

"ދަ ކްރޫ" އަކީ މިއަހަރުގެ މާޗް މަހު ސިނަމާތަކުގައި ރިލީޒްކޮށްފައިވާ ފިލްމެކެވެ. މިފިލްމަށް ބޮކްސް އޮފީހުގައި 156.36 ކްރޯޑް ރުޕީސް (18.02 މިލަން ޑޮލަރު)ގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.

"ދަ ކްރޫ" ނެޓްފްލިކްސްގައި އިއްޔެ ޕްރިމިއާ ކޮށްފައިވާއިރު މިފިލްމު 190 ގައުމަކަށް ފެނިގެންދާނެ އެވެ.

އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ޕްރޮޑިއުސްކޮށް، ރާޖޭޝް ކްރިޝަން ޑައިރެކްޓްކުރި މިފްލްމަކީ އޭވިއޭޝަންގެ ދާއިރާގައި އުޅޭ ތިން އަންހެނުންގެ ދިރިއުޅުމުގައި ހިނގާ މަޖާ އަދި ސީރިއަސް ކަންތައްތަކެއް ދައްކާނެ ފިލްމެކެވެ.

https://www.instagram.com/p/C7TzIhWPihM/?utm_source=ig_embed&ig_rid=f2a6d858-e765-466f-9815-186dc697b831

މިފިލްމުގެ ބަތަލާއިން ގޮތުގައި ފެނިގެންދަނީ ކަރީނާ ކަޕޫރާއި ތާބޫ އަދި ކްރިތީ ޝެނޮން އެވެ. މީގެ އިތުރުން ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ކަޕިލް ޝަރުމާ އަދި އެކްޓަރު ދިލްޖީތު ދޯސާންޖް ފެންނާނެ އެވެ.

https://www.youtube.com/watch?v=3uvfq4Cu8R8&t=2s

"ދަ ކްރޫ" އަކީ 75 ކްރޯޑް ރުޕީސް ހަރަދުކޮށްގެން ހަދާފައިވާ ފިލްމެކެވެ.