މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)ގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް ހަތަރު ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.
އެމްޓީސީސީއިން ބުނީ 2024 ވަނަ އަހަރުގެ ޚާއްސަ ގޮތުން ކުރާ އާންމު ޖަލްސާއަށް ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް ހަތަރު ރުފިޔާ ބެހުމަށް ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 32،150،996 ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފަ އެވެ.
ހިއްސާގެ ފައިދާ ލިބޭނީ 23 މެއި ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށް ކަމަށް އެމްޓީސީސީއިން ވަނީ ބުނެފަ އެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 664 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކަ އެވެ.
6 އަހަރަށްފަހު ބިޕާޝާ އަލުން ބޮލީވުޑަށް އަންނަނީ!
ސެންކްޝަން ތަކެތި ރާއްޖެއިން އެކްސްޕޯޓް ކުރާ މައްސަލަ ބަލަނީ
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އަޒީ އައްޔަންކުރައްވައިފި