ބޮލީވުޑްގެ މަގުބޫލު އޮން ސްކްރީން ޖޯޑު ކަމަށްވާ އަޖޭ ދޭވްގަން އާއި ތާބޫ މުހިއްމު ރޯލް ކުޅޭ ލޯބީގެ ކޮމެޑީ ޑްރާމާ ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ" ޓީޒާއެެއް ދައްކާލައިފި އެވެ.

މިފިލްމަކީ އަޖޭ އާއި ތާބޫ އެކުގައި މަސައްކަތް ކުރާ 13 ވަނަ ފިލްމެވެ.

ނީރަޖް ޕާންޑޭ ޑައިރެކްޓް ކުރާ މި ފިލްމަކީ 2000 ފެށިގެން 2023 އާ ދޭތެރޭ ހިނގާދިޔަ ލޯބީގެ ރީތި ވާހަކައެއް ކިޔައިދޭނެ ފިލްމެކެވެ. މިފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.

މިފިލްމަކީ މިއަހަރު ރިލީޒްކުރާ އަޖޭގެ ތިން ވަނަ ފިލްމެވެ. މިއަހަރު ރިލީޒްކުރި އަޖޭގެ ފިލްމުތަކުގެ ތެރޭގައި ސުޕަނެޗްރަލް ތުރިލާ "ޝައިތާން" އާއި އެޕްރީލްގައި ރިލީޒްކުރި ކުޅިވަރު ބައޮގްރަފިކަލް ޑްރާމާ "މައިދާން" ހިމެނެ އެވެ.

އަޖޭއާއި ތައްބޫގެ އިތުރުން "އޯރޯ މޭ ކަހާ ދަމް ތާ" ގެ މުހިއްމު ރޯލުތަކުން ފެންނާނެ ތަރިންގެ ތެރޭގައި ޖިމީ ޝޭރްގިލް، ސައީ މަންޖްރޭކަރު އަދި ޝާންތަނޫ މަހޭޝްވަރީ ހިމެނެެ އެވެ.

އެން އެޗް ސްޓޫޑިއޯއާއި ޕެނެރޯމާ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ މި ފިލްމަކީ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރުކުރާ ފިލްމެކެވެ. ހާއްސަކޮށް އަޖޭއާއި ތައްބޫގެ އޮން ސްކްރީން ކެމިސްޓްރީ ވަރުގަދަވެފައި ދެ ތަރިން އެކީގައި ފެންނަ ފިލްމުތަކުން ބެލުންތެރިން މާޔޫސްކޮށްނުލާނެކަމުގެ ޔަގީންކަން ބެލުންތެރިންނަށް އޮވެ އެވެ.

https://www.instagram.com/reel/C7oAo1wv6dt/?utm_source=ig_embed&ig_rid=6a599c56-f4dd-4f79-a243-adb3088f6928

އަޖޭއާއި ތައްބޫއަކީ ޒުވާން ދުވަސްވަރުން ފެށިގެން ވަރަށް ގާތް ދެ ރަހްމަތްތެރިންނަށްވުމުން އެކީގައި ކުޅޭ ފިލްމުތަކުން ވެސް އެ ކެމިސްޓްރީ ބެލުންތެރިންނަށް ވަރަށް ބޮޑަށް އެނގިގެންދެ އެވެ. ދެ ތަރިން އެކީގައި މިހާތަނަށް ކުޅެފައިވާ ކާމިޔާބު ފިލްމު ތަކުގެތެރޭ "ގޯލް މާލް އަގެއިން"، "ދުރިޝްޔަމް" އަދި ފިލްމު "ބޯލާ" ހިމެނެ އެވެ.

މި އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އަޖޭގެ ފިލްމުތަކުގެ ތެރޭގައި އޮގަސްޓްގައި ގެނެސްދޭ "ސިންގަމް އެގެއިން" ގެ އިތުރުން ނޮވެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ރެއިޑް 2" ހިމެނެ އެވެ.