އެސްޓީއޯގެ ހިއްސާދާރުންނާއެކު ނުރަސްމީ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ބުނީ އެސްޓީއޯއިން ބުނީ މި ބައްދަލުވުމަކީ ކުންފުނީގެ ހިއްސާދާރުންނާއެކު ކުންފުނީގެ ސްޓްރެޓީޖިކް ކަންކަމާމެދު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. މީގެ އިތުރުން އެސްޓީއޯގެ އަހަރީ ރިޕޯޓު ޕަބްލިޝްކުރުމާއި އަހަރީ އާންމު ޖަލްސާއަށް ވަމުންދާ ތައްޔާރީތައް ހިއްސާދާރުންނަށް މި ބައްދަލުވުމުގައި ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.
އެސްޓީއޯ ހެޑް އޮފީހުގެ 4 ވަނަ ފަންގިފިލާގައި ހުންނަ އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓްގައި ބާއްވާ އެ ބައްދަލުވުމުގައި ބައިވެރިވުމަށް އޮންލައިންކޮށް ރަޖިސްޓާވާން ވަނީ ހުޅުވާލައިފަ އެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މިބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވަން ބޭނުންފުޅުވާ ހިއްސާދާރުން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސްގެ ހިސާބުތައް ނިންމުމުގައި ލަސްތަކެއް ދިމާވުމުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ހުއްދައާ އެކުު އެސްޓީއޯގެ ކުންފުނީގެ އަހަރީ ރިޕޯޓް އާންމުކުރުމުގެ މުއްދަތު މި މަހުގެ 15އަށް އަދި އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ މުއްދަތު އަންނަ މަހުގެ 15އަށް ވަނީ އިތުރުކޮށްފަ އެވެ.