ކާތިކް އާރްޔަންގެ ކުރިއަށް އޮތް ފިލްމު "ޗަންދޫ ޗެމްޕިއަން"ގައި އޭނާ ދައްކުވައިދޭ ކެރެކްޓަރަށް ތައްޔާރުވުމުގެ ގޮތުން އޭނާގެ ހަށިގަނޑަށް ގެނެސްފައިވާ ބަދަލުން އާއްމުން ހައިރާން ކޮށްލައިފި އެވެ.
އެންމެ ފަހުން ކާތިކްގެ ސޯޝަލް މީޑިއާގައި އޭނާ ހިއްސާކުރި ޕޯސްޓުގައި ބުނެފައިވަނީ އޭނާގެ ހަށިގަނޑުގައި ހުރި ބޮޑީ ފެޓްގެ މިންވަރު 39 ޕަސެންޓުން ހަތް ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ.
ކާތިކް އިތުރަށް ބުނެފައިވަނީ އެ ބަދަލު ގެނައުމަށްޓަކައި ދިރިއުޅުމަށް ބޮޑު ބަދަލެއް ގެންނަން ޖެހުނު ކަމަށާއި އެއީ ދޮޅު އަހަރު ދުވަހުގެ މަސައްކަތް ކަމަށެވެ.
"ޗަންދޫ ޗެމްޕިއަން"އަކީ އިންޑިއާގެ ކުޅިވަރު ޝަހްސިއްޔަތެއް ކަމަށްވާ މުރްލީކާންތު ޕެޓްކަރުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
ކަބީރު ޚާން ޑައިރެކްޓްކޮށް ރިލީޒްކުރާ އެ ފިލްމު ސިނަމާ ތަކުގައި އަޅުވަން ހަމަޖެހިފައިވަނީ ޖޫން މަހުގެ 14 ވަނަ ދުވަހު އަޟްހާ އީދާ ދިމާކޮށެވެ.
ފައިމަގުގައި ބްރިޖް ހުރަސްކޮށް ހުޅުލެ އާއި ހުޅުމާލެއަށް ނުދެވޭނެ
ބޭރު މީހުނަށް ރާއްޖޭގެ ބިން ދޫކޮށްލުން ގާނޫނާ ހިލާފު: ޑރ. ޖަމީލް
ރަސްމާލެ މަޝްރޫއުގެ ލިޔެކިޔުން ގެއްލި ފުލުހުން ފޯރިމަރަނީ