ކޮވިޑް-19 އާ ހެދި ފަސްކުރުމަށް ފަހު މިވަނީ ދާދާ ސާހިބް ޕަލްކޭ އެވޯޑް ހަފްލާ ބާއްވާފަ އެވެ.

ދާދާ ސާހިބް ޕަލްކޭ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގައި ވަނީ އެވޯޑް ލިބުނު ފަރާތްތަކުގެ ނަންތައް ހާމަކޮށްފަ އެވެ.

އެގޮތުން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ލިބިފައިވަނީ ފިލްމު "ޗަޕާކް" އިން ދީޕިކާ ޕާޑުކޯންއަށެވެ. މި ފިލްމުގައި އޭނާ ދައްކުވައިދީފައި ވަނީ އެސިޑް ހަމަލާއެއްގެ ޝީކާރަކަށްވި މީހެއްގެ ރޯލެވެ.

ދީޕިކާގެ ކުރިއަށް ހުރި ބައެއް މަސައްކަތްތަކަށް ބަލާއިރު ޝަކުން ބަޓްރާގެ ލޯބީގެ ފިލްމެއްގައި އަނަންޔާ ޕާންޑޭ އާއި ސިދާންތް ޗަޓުރްވޭދީއާއި އެކު ފެނިގެންދިޔަ އެވެ. މީގެ އިތުރުން ޝާހްރުކްއާ އެކު "ޕަޓާން" އަދި ރިތިކް ރޯޝަންއާއި އެކު "ފައިޓާ" އިން ވެސް ފެނިގެންދާނެ އެވެ.