ބާލިން (27 ޖޫން) – ޔޫރޯގެ ގުރޫޕް އެފްގައި ރޭ ޕޯޗުގަލް އަތުން 2-0 އިން މޮޅުވިއިރު، ތުރުކީ ވަނީ 2-1 އިން ޗެކް ރިޕަބްލިކް އަތުން މޮޅުވެފަ އެވެ. މި ނަތީޖާއާއެކު ޖޯޖިއާ އާއި ތުރުކީވެސް ވަނީ ގަދަ 16ގެ ޖާގަ ހޯދައިފަ އެވެ.
ގުރޫޕް އެފްގެ މެޗުތައް ނިމުނުއިރު، ހަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ހޯދީ ޕޯޗުގަލް އެވެ. ހަ ޕޮއިންޓާއެކު ތުރުކީ ވަނީ ގުރޫޕްގެ ދެވަނަ ހޯދައިފަ އެވެ. ޔޫރޯގައި މުޅިން އަލަށް ވާދަކުރާ ޖޯޖިއާ ތިން ވަނަ ހޯދީ ހަތަރު ޕޮއިންޓާއެކު އެވެ. ޖޯޖިއާ ގަދަ 16 އިން ޖާގަ ހޯދީ ތިން ވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޓީމުގެ ތެރޭގައި ހިމެނޭތީ އެވެ.
ޗެކް ރިޕަބްލިކް ގުރޫޕް ފުލުގައި މުބާރާތް ނިންމާލީ އެއް ޕޮއިންޓާއެކު އެވެ.
ޖޯޖިއާއަށް ތާރީހީ މޮޅެއް
ޕޯޗުގަލް ސިއްސުވާލުމަށްފަހު ޖޯޖިއާ އިން ރޭގެ މެޗުގައި ލީޑު ނެގީ މެޗުގެ ދެވަނަ މިނިޓުގައި ނަޕޯލީގެ ކިވީޗާ ކަވަރަސްހޭލިއާ ޖެހި ލަނޑުންނެވެ. އޭރިޔާ ތެރެއިން ލިބުނު ބޯޅަ ކަވަރަސްހޭލިއާ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.
މި މެޗުގެ ކުރިންވެސް ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފައި އޮތް ނަމަވެސް، ޖޯޖިއާ އިން ލީޑު ނެގުމަކީ ޕޯޗުގަލްއަށް ލިބުނު ސިހުމެކެވެ. އަދި އެ ޓީމުގެ މެޗުގެ ނަތީޖާ އެއްވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރި އެވެ.
އެކެމަކު މެޗުގެ 57 ވަނަ މިނިޓުގައި ޖޯޖިއާއަށް ލިބުނު ޕެނަލްޓީއަކުން ހޯޖޭސް މިކައުޓަޑާޒޭ ކާމިޔާބުކުރި ގޯލުންނެވެ.
ޖޯޖިއާ އިން މި ހޯދި މޮޅަކީ ޔޫރޯގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ނަތީޖާއެކެވެ. މި މެޗުގައި ޕޯޗުގަލް އިން ޕޮސެޝަންގެ ބޮޑު ބައި ހޯދި ނަމަވެސް، ނަތީޖާ އޮތީ ޖޯޖިއާގެ ކޮޅުގައެވެ. ޕޯޗުގަލް ހިފެހެއްޓުމުގައި ޖޯޖިއާގެ ޑިފެންސް އިން ދެއްކީ މޮޅު ކުޅުމެކެވެ.
މުބާރާތުގެ ގަދަ 16ގައި ޖޯޖިއާ ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.
ވާދަވެރި ކުރިމަތިލުމުން ކުރި ހޯދީ ތުރުކީ
މި ގުރޫޕްގައި ރޭ ތުރުކީ އާއި ޗެކް ބައްދަލުކުރި މެޗުން ޕޮއިންޓަކާއެކު ވެސް ތުރުކީއަށް ގަދަ 16ގެ ޖާގައެއް ލިބެން އޮތެވެ. ޗެކް ރިޕަބްލިކް އޮތީ މޮޅެއް ހޯޑަން މަޖުބޫރުވެފަ އެވެ.
ޗެކް ރިޕަބްލިކަށް މެޗު އުނދަގޫވީ މެޗުގެ ފުރަތަމަ ހާފުގައި އެންޓޮނިން ބަރަކްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުންނެވެ.
މެޗުގެ 51 ވަނަ މިނިޓުގައި ތުރުކީން ލީޑު ހޯދީ ކެޕްޓަން ހަކާން ޗަންހަލޫލު ކާމިޔާބުކުރި ލަނޑުންނެވެ.
އެކަމަކު 10 މީހުންނާއެކު ކުޅުމުންދިޔަ ޗެކް ރިޕަބްލިކް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ 66 ވަނަ މިނިޓުގައި ތޯމަސް ސޫޝެކް ޖެހި ލަނޑުންނެވެ.
ތުރުކީ މެޗުން މޮޅުވީ އިތުރު ވަގުތުގައި ޝެންކް ޓޯސުން ޖެހި ލަނޑުންނެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުންތަކެއް ދިޔައެވެ. އެކަމާ ގުޅިގެން ޗެކް ރިޕަބްލިކްގެ ތޯމަސް ޗޯރީއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ.
މި މެޗުގެ ތެރެއިން އަދި ނިންމާފައި ޖުމްލަ 18 ކާޑު ވަނީ ދައްކައިފައެވެ. މިއީ ޔޫރޯގެ ރެކޯޑެކެވެ.
ގަދަ 16ގައި ތުރުކީއާ ދެކޮޅަށް ނުކުންނާނީ އޮސްޓްރިއާއާ ދެކޮޅަށެވެ. ޕޯޗުގަލް ނުކުންނާނީ ސްލޮވާކިއާއާ ދެކޮޅަށެވެ.