ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހާ މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކޮށްފައިވާ 32 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ޖަހާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އެމްޑީޕީ ސޯޝަލް މީޑިއާގެ އެކްޓިވިސްޓެއް ކަމަށް އަލީ ސާޖިދު އެވެ.
މި މާރާމާރީގައި އަނިޔާވި 46 އަހަރުގެ އަންހެން މީހާއަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ޔޫއޭއީން ދޫކޮށްލި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނެސްފި
ފިނޭންސް މިނިސްޓްރީން 94.5 މިލިއަނަށް ހުޅުމާލެއިން ބިމެއް ގަނެފި
މަޝްވަރާކުރުމެއް ނެތި 14 ބިމެއް ސަރުކާރަށް ނެގުމުން ފާޑުކިޔަނީ
އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހި މީހަކު ހައްޔަރުކޮށްފި