ކުރިއަށް އޮތް ހޫނު މޫސުމުގައި ބާއްވާ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދެކުނު ކޮރެއާގެ ފަރާތުން އެ މުބާރާތުގެ ހުޅު ރޯކުރާނެ ތަރިއަކަށް ކޭޕޮޕް ބޭންޑްގެ ތަރި ޖިން ހަމަޖެހިއްޖެ އެވެ.

ބައިނަލްއަގްވާމީ އެ މުބާރާތުގައި ގައުމުގެ ފަރާތުން ޓޯޗުގައި ހިފުމަކީ ފަންނާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ޝަރަފަށްވާއިރު ޖިންއަށް އެ ޝަރަފު ލިބުމާއެކު ގިނަ ބަޔަކު އޭނާއަށް އަންނަނީ މަރުހަބާ ކިޔަމުންނެވެ.

އެގޮތުން އޭނާއަށް އެ ޝަރަފު ލިބުމަކީ ކޭޕޮޕް މިއުޒިކް ދާއިރާއަށް ވެސް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އާއްމުން އަންނަނީ ސިފަ ކުރަމުންނެވެ.

ބީޓީއެސްއަކީ މުޅި ދުނިޔޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ ބޭންޑަކަށް ވާއިރު އެ ބޭންޑްގެ ވަކި ވަކި މެމްބަރުންނަކީ ވެސް ކާމިޔާބު ތަރިންނެވެ.

އެގޮތުން 2019 ވަނަ އަހަރު ސިއޯލްގައި ބޭއްވި އޮލިމްޕިކް ގޭމްސްގައި ބީޓީއެސްއިން ހުށައަޅައިދިން ހުށައަޅައިދިނުމުގެ ސަބަބުން ދެކުނު ކޮރެއާގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑު އާމްދަނީއެއް ލިބިފަ އެވެ.

މިއަހަރު އޮންނަ އޮލިމްޕިކްސް ކުރިއަށްދާނީ ޖުލައި މަހުގެ 26 ން އޮގަސްޓް މަހުގެ 11 އަށް ފްރާންސްގެ ވެރިރަށް ޕެރިހުގަ އެވެ.