ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓުން މާލެ އަތޮޅުގައި އަލަށް ހުޅުވާ ދެ ރިސޯޓަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

ތައިލެންޑްގެ އެންމެ ވަރުގަދަ އެއް ހޮޓެލް ޗެއިން އިން މާލެ އަތޮޅުގައި ފަޅު ހިއްކައިގެން ހަދާ ދެ ރިސޯޓުގެ އެކި ދާއިރާތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާންކޮށްފައިވެ އެވެ.

ސެންޓާރާ އިން އަލަށް ހުޅުވަން ނިންމާފައި ވަނީ ސެންޓާރާ މިރާޖް ލެގޫން ރިސޯޓާއި ސެންޓާރާ ގްރޭންޑް ލަގޫން ރިސޯޓް މޯލްޑިވްސް އެވެ. މީގެ ތެރެއިން 145 ކޮޓަރީގެ ސެންޓާރާ މިރާޖް ލެގޫން ހުޅުވަން ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހު އެވެ. އަދި ސެންޓާރާ ގްރޭންޑް ލަގޫން ރިސޯޓް ހުޅުވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

"ސެންޓާރާ ނިއު ރިސޯޓްސް މޯލްޑިވްސް، ރެކްލެމޭޝަން އޮފް 3 ޑިފަރެންޓް އައިލެންޑްސް" މަޝްރޫއުގެ ދަށުން، އެމްޓީސީސީއާ ހަވާލުކޮށްގެން މާލެ އަތޮޅު އުތުރުގައި އޮންނަ ވައްޓަރުފަޅު ފަރުގައި ތިން ރަށެއްގެ ވަނީ ހިއްކައިފަ އެވެ. މިއިން ކޮންމެ ރަށެއްގައި ހަތް ހެކްޓަރު ހިމެނެ އެވެ. ނަމަވެސް މިހާރު ހުޅުވަނީ އޭގެ ތެރެއިން ދެ ރަށެކެވެ.

ލެގޫން އެސެޓްސް ޕްރައިވެޓް ލިމިޓެޑުން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 29.26 މިލިއަން ޑޮލަރަށެވެ.

ސެންޓާރާއިން މިހާރު ވެސް ރާއްޖޭގައި ދެ ރިސޯޓެއް ހިންގަ އެވެ. އެއީ އދ. މައްޗަފުށީގައި ހިންގާ ސެންޓާ ގްރޭންޑް އާއި ކ. ގިރާވަރުގައި ހިންގާ ސެންޓާރާ ރަސްފުށި އެވެ.