އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް މިއަދު ހާޒިރުކުރަން ނިންމައިފި އެވެ.
އެސްއޯއީ ކޮމިޓީގެ މުގައްރިރު ރައްޔިތުން މަޖލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އޭސީސީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަނީ މިއަދު މެންދުރު 12:30 ގައި ކަމަށެވެ.
އޭސީސީގެ މެންބަރުން އެސްއޯއީ ކޮމިޓީއަށް ހާޒިރު ކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްސަލަ ބެލުމަށާއި އެ ކުންފުނިތައް ހަރުދަނާ ކުރެވޭނެ ގޮތަކާމެދު މަޝްވަރާ ކުރާށެވެ.
އޭސީސީގެ މެންބަރުން އެސްއޯ ކޮމިޓީ އަށް ހާޒިރުކުރާ އިރު، އެ ކޮމިޝަންގެ މެންބަރުން މަސްއޫލިއްޔަތުގެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާނުކުރައްވާކަމުގެ ތުހުމަތު ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.
އަދި ކުރީ ސަރުކާރުގެ ބައެއް ވެރިންގެ މައްސަލަތައް ބަލާ އަދަބު ދޭން ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން ދަނީ ގޮވާލަމުންނެވެ.
އަންނަ މަހުގެ 10 ގެ ކުރިން ފޮތްތައް ފޮނުވައި ނިންމަނީ
އަލިމަގު އޮޕަރޭޝަނުގަ ހައްޔަރުކުރި 34 މީހެއްގެ މައްސަލަ ޕީޖީއަށް
ބޭސް ނުލިބޭތީ އެސްޓީއޯއާ އާސަންދަ މަޖިލިހަށް ހާޒިރުކުރަން އެދެފި