ޕަރިނީތީ ޗޯޕްރާއަކީ ބޮލީވުޑަށް ނުކުތުމުގެ ކުރިން ވަރަށް ފަލަކޮށް ހުރި މީހެކެވެ.
ބޮލީވުޑަށް ނުކުތުމަށް ފަހު ވެސް ޕަރިނީތީ ފަލަކަމަށް ބުނެ އިންޑަަސްޓްރީގައި އޭނާއަށް ފުރައްސާރަކޮށްފައިވެ އެވެ. މި ހުރިހާ ކަމަކާ އެކު ވެސް މިހާރު އޭނާ ވަނީ ކަސްރަތުކޮށް، ވަރަށް ބޮޑަށް ހިކިފަ އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕަރިނީތީ ބުނީ ފަލަކޮށް ހުރި ދުވަަސްވަރަކީ އެއްކޮށް ހަނދާނުން ވެސް ފޮހެލަން ބޭނުންވާ ދުވަސްތަކެއް ކަމަށެވެ. އަދި ކޮލެޖުގައި އުޅުނު އެ ދުވަސްވަރަކީ ސިއްހަތު ވެސް އެހާ ގޯސްކޮށް ހުރި ދުވަސްވަރެއް ކަމަށް ޕަރިނީތީ ބުންޏެވެ.
"ބައެއް ފަހަރު ހިތަށް އަރާ އެ ދުވަސްތައް އެއްކޮށް ހަނދާނުން ފޮހެލެވޭ ނަމައޭ. އޭރު ހިތަކަށްވެސް ނާރާ އެހާ ފަލަކޮށް ކަމެއް ހުރީ. މިއަދު އަހަރެން ދިރިއުޅުމާއި ސިއްހަތާއި މެދު ކުރިއަށްވުރެ ބޮޑަށް ވިސްނަން. އޭރުގެ ފޮޓޯތައް ފެނުނީމަ މިހާރު ބިރުން ފިތްކަނޑައިގެންދާ ވަރުވޭ،” ރޭޑިއޯ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޕަރިނީތީ ބުންޏެވެ.
ޕަރިނީތީ މިހާރު ތައްޔާރުވަމުން ދަނީ ރިބޫ ދަަސްގުޕްތާގެ ފިލްމު "ދަ ގާލް އޮން ދަ ޓްރެއިން" ގެ ރިލީޒްއަށެވެ. މިއީ 2016 ވަނަ އަހަރު ޕޯލާ ހޯކިންސް ލިޔެފައިވާ ފޮތެއް އަސްލަކަށް ބަލައިގެން ހަމަ އެ ނަމުގައި ނެރުނު ހޮލީވުޑް ފިލްމުގެ ރީމޭކް އެކެވެ.
މި ފިލްމުގައި ޕަރިނީތީގެ އިތުރުން އަދިތީ ރާއޯ ހައިދަރީ، ކިރްތީ ކުލްހަރީ އަދި އަވިނާޝް ތިވާރީ މުހިއްމު ރޯލުތަކުން ފެނިގެންދާނެ އެވެ.