މި ފަހަރު ހުރިހާގެ ދިހަ ސުވާލު މިއޮތީ ލޮލުގެ ކުލައިން އެންމެންނަށް ވެސް ފާހަގަވާ ސައުޝަންއަށެވެ.

1. ސައުޝަންއަކީ ބ. ކަމަދޫ ކުއްޖެއްތަ؟

ޖަވާބު ޔެސް. ކަމަދޫ ކުއްޖެއް މީ.

2. ކަމަދޫގައި އީދު ކިހިނެތް ދިޔައީ؟

ޖަވާބު: ހަމަ ވަރަށް މަޖާކޮށް ދިޔައީ

ސައުޝަން

3. އީދު ފާހަގަ ކުރަން ކަމަދޫ ރިކޮމެންޑް ކުރާނަންތަ؟

ޖަވާބު : ޔެސް. ކަމަދޫ އަށް އީދު ޗުއްޓީއަށް ގޮސްގެން ރިގްރެޓެއް ނުކުރާނެ. ވަރަށް މަޖާ ވާނެ.

4. މިހާ ތަނަށް ދެވުނު އެންމެ ރީތި ރަށަކީ ކޮބާ؟

ޖަވާބު: މިހާތަނަށް ދެވުނު އެންމެ ރީތި އަދި އެންމެ ސާފުތާހިރު ރަށަކީ ވެސް ކަމަދޫ.

https://www.instagram.com/p/C8R2IkbJUdj/?igsh=Y2ZtaHI2OGc2b3d3

5. އަދިވެސް ވޯކް ކުރަނީ ކެބިން ކްރޫ އަކަށްތަ؟

ޖަވާބު: ނޫން. މިހާރު ކެބިން ކްރޫއެއް ނޫން.

6. މޮޑެލް ޝޫޓްތަކުގެ ތެރެއިން އެންމެ ފޭވަރިޓް ޝޫޓަކީ ކޮބާ؟

ޖަވާބު: އެންމެ ފޭވް އަކީ ރިޒްނާ، ނަވީން އަދި ޝުހައިލް އާއެކު ކުރި ޝޫޓް

https://www.instagram.com/p/CzEW6xqRIt3/

7. މޮޑެލްއެއްގެ ގޮތުގައި ކުރިއަށް ދާން ބޭނުންތަ؟

ޖަވާބު: މިހާރު ދެން އެހާ ބޮޑަކަށް މޮޑެލިން ދާއިރާއިން ކުރިއަށްދާކަށް ނުވިސްނަން.

8. ޝައުޝަންގެ ޑްރީމް ކޮލާބޮރޭޝަންއެއް އެބައިންތަ؟

ޖަވާބު: އެހެން ނެތް އަނެއްހެން.

ސައުޝަން

9. ޝައުޝަންގެ ޑްރީމް ޓްރެވަލް ޑެސްޓިނޭޝަންއަކީ ކޮބާ؟

ޖަވާބު: ސްވިޓްޒަލޭންޓް އަދި ގްރީސް

10. އެހެން ގައުމެއްގައި ދިރިއުޅެން ލިބޭނަމަ ކޮން ގައުމެއް ޗޫސް ކުރާނީ؟

ޖަވާބު: ޑުބާއި އަދި ސްވިޓްޒަލޭންޑް