ކ. ތިލަފުށީގައި ހުންނަ ވޯކްޝޮޕެއްގައި ރޯވެއްޖެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރު އެވެ. އެމްއެންޑީއެފް އިން ބުނީ ވޯކްޝޮޕްގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
އެ ސަރަހައްދުގައި ތިބި މީހުން ބުނާ ގޮތުގައި އަލިފާން އެންމެ ފުރަތަމަ ރޯވީ ތިލަފުށީގައި މެރިންޑޫ ވޯކްޝޮޕްގަ އެވެ. އެ ތަނުގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި، ޖެހިގެން ހުރި ދެ ވޯކްޝޮޕްގައި ވެސް ވަނީ އަލިފާން ހިފައިފަ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި ދިވެއްސަކަށް ދުމުގެ އަސަރުކޮށް، ކޮންމެ ވެސް ވަރަކަށް ފިހިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގިތަނުގައި ގާތްގަނޑަކަށް 30 ވަރަކަށް މީހުން ދިރިއުޅެ އެވެ.
ޓައިމްސްގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރަންބީރު!
އަބަދުވެސް ރަނގަޅު މައިބަފައިންނަށް ވެވޭތޯ ބަލަން: ވިކްޓޯރިއާ
އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް ބާއްވާނެ ތާރީހެއް ކަނޑަނާޅާ