ކ. ތިލަފުށީގައި ހުންނަ މެރީންޑޯ ވޯކްޝޮޕުގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔަ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފި އެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަވިސްއަށް މިއަދު ހެނދުނު 8:36 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަ ސްޓޭޝަނުގެ ފަޔަ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފަ އެވެ.
ވޯކްޝޮޕުގައި ރޯވި އަލިފާން އިތުރަށް ފެތުރިގެން ނުދާވަރަށް، ކޮންޓްރޯލްކުރެވުނީ މިއަދު 9:40 ހާއިރު ކަމަށާއި އަދި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު 11:04 ގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ހާދިސާގައި މެރީންޑޯ ވޯކްޝޮޕާ އިންވެގެންހުރި ގުދަންތަކަށް އަލިފާނުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެކަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ ދޫކޮށްލާފަ އެވެ.
ފުރަތަމަ ހަ މަހު 2،500 ކުދިން އުފަންވިއިރު، 813 މީހުން މަރުވި
އަމީތާބާއި ސައިފްގެ މެދުގައި އާއިލީ ގުޅުމެއް!
އީރާން އެކަހެރިކުރުމަށް ޗައިނާއިން އެހީތެރިވާނެ: ވެންސް