މިދިޔަ މަހު ވަރިވި ހޮލީވުޑްގެ މަޝްހޫރު ޖޯޑެއް ކަމަށްވާ ބެން އެފްލިކްއާއި ޖެނިފާ ލޮޕޭޒްއަށް 25 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް މާހިރުން ބުނެފި އެވެ.

ކައިވެނި ރޫޅުމަށްފަހު ބެވާލީ ހިލްސްގައި ހުންނަ އެ މީހުންގެ ގެ ވިއްކާލަން އިއުލާން ކޮށްފައިވާއިރު އެ ވިޔަފާރިން އެމީހުންނަށް ބޮޑު ގެއްލުމެއް ވެދާނެ ކަމަށް އަންދާޒާ ކޮށްފައިވަނީ ރިއަލް އެސްޓޭޓް ދާއިރާގެ މާހިރުންނެވެ.

އެ ފަރާތްތަކުން ދެކޭ ގޮތުގައި ބެންއާއި ޖެނިފާގެ ގެ ހުރި ސަރަހައްދުގެ ގޮތުންނާއި އެ ގެ އިމާރާތް ކޮށްފައިވާ ގޮތުގެ ސަބަބުން އެ ގޭގެ އަގުން 25 މިލިއަން ޑޮލަރު ވަރު ގެއްލޭ ކަމަށެވެ.

ޖުމްލަ 5 އޭކަރުގެ ބިމެއްގައި އިމާރާތް ކޮށްފައިވާ 12 ކޮޓަރި އާއި 24 ފާހާނާގެ އެ ގެ 2023 ވަނަ އަހަރު ބެންއާއި ޖެނިފާ ގަނެފައިވަނީ 60.8 މިލިއަން ޑޮލަރަށެވެ.

މިދިޔަ ޖުލައި މަހު ބެންއާއި ޖެނިފާގެ ގެ ވިއްކާލަން އިއުލާން ކޮށްފައިވަނީ 68 މިލިއަން އެމެރިކާ ޑޮލަރަށް ނަމަވެސް އެގޭގެ އަސްލު އަގު އުޅެނީ 40 މިލިއަން ޑޮލަރާއި 50 މިލިއަން ޑޮލަރާ ދެމެދު ކަމަށް ބުނެވެ އެވެ.

މިހާރު ވިއްކަން ލާފައިވާ އެ ގެއަކީ ބެންއާއި ޖެނިފާ ކައިވެނި ކޮށްގެން އުޅުނުއިރު އެ މީހުން ޗުއްޓީ ހޭދަ ކުރުމަށްޓަކައި ގަނެފައިވާ ދެމީހުންގެ ވެސް ހިއްސާވާ ގެއެކެވެ.