މާލޭގައި ހިންގާ ގެސްޓް ހައުސެއްގެ ތެރޭގައި ސީރިއަސް ޒަހަމްތަކަކާއެކު އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ، އެ މީހާ ފެނުނީ ހެންވޭރުގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި އުޅޭ މީހެއްގެ ހަބަރެއް ނުވާ ކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ގޮސް ބެލިއިރު ކަމަށެވެ.
އެތަނަށް ގޮސް އެ ކޮޓަރިއަށް ވަދެ ބެލުމުން ޒަހަމްތަކަކާއެކު އޮއްވާ އެ މީހާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ޒަހަމްތަކާއެކު ފެނިފައިވަނީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
މިހާރު އޭނާ އަށް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިސް ވޯލްޑްގެ ފައިނަލަށް އީމާ ނުހޮވުނު
ރާއްޖެ އައި ފަތުރުވެރިންގެ 22 ޕަސެންޓް ހިޔާރުކުރީ ގެސްޓްހައުސް
އިންތިހާބުން ބަލިވި ނިޒްލީއަށް އެޗްޑީސީން ބޮޑު މަގާމެއް ދީފި