އުމުރުން 15 އަހަރުގެ ދަރިވަރަކު ގްރޫމްކޮށްގެން އޭނާއާއެކު ޖިންސީ ގުޅުން ހިންގި އެމެރިކާގެ ޓީޗަރަކު ހަ އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

ކެންޑައިސް ބާބާ ނަމަކަށް ކިޔާ މި އަންހެން މީހާއަކީ ކައިވެންޏެއް ވެސް ކޮށްގެން އުޅޭ މީހެކެވެ.

އޭނާ ވަނީ އޭނާ ކިޔަވައިދިން ދަރިވަރަކަށް އުރަމަތި ފެންނަ ފޮޓޯއެއް ފޮނުވާފަ އެވެ. އަދި ސްނެޕްޗެޓް މެދުވެރިކޮށް އޭނާ އަމިއްލައަށް ޖިންސީ އެދުން ފުއްދާ ވީޑިއޯއެއް ވެސް ފޮނުވާފައިވެ އެވެ.

އޭގެ ފަހުން އެއްފަހަރު އޭނާ ވަނީ އެ ދަރިވަރު ޕްރައިވެޓް ފީލްޑަކަށް ގެންގޮސް އޭނާ އާއެކު ޖިންސީ ގުޅުން ހިންގާފަ އެވެ.

ބާބާ ދިޔައީ އެކި ގޮތްގޮތުން އެ ކުއްޖާގެ ސިކުނޑިއާ ކުޅެން މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ގުޅުމުގެ ވާހަކަ މީހުންނަށް އެނގިއްޖެ ނަމަ އޭނާ ވެސް ހުތުރުވާނެ ކަމަށް ބުނެ ބިރު ދެއްކި އެވެ. މީގެ އިތުރުން އޭނާ ވަނީ އެ ކުއްޖާ ކައިރީ އޭނާ ބަނޑުބޮޑު ކަމަށާ އެއީ އޭނާގެ ނުވަތަ ފިރިމީޙާގެ ދަރިއެއްކަން ކަށަވަރު ނުވާ ކަމަށް ބުނެފަ އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ތެރޭގައި މި ހާދިސަ ހިނގައިގެން ދިޔައިރު އެ ޓީޗަރު ހުރީ ސްކޫލްގެ ކަވާ ސުޕަވައިޒަރުގެ ގޮތުގަ އެވެ. އަދި އޭނާގެ އުމުރުން އޭރު ވާނީ 35 އަހަރެވެ.

އޭނާއާ ދެކޮޅަށް ކޯޓުގައި ކުރި ހުރިހާ ދައުވާއެއް ވަނީ ސާބިތުވެފަ އެވެ. މިއާއެކު ދެން ދުވަހަކު ވެސް ބާބާއަށް ކުޑަކުދިންނާ އެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ. އަދި އަބަދުވެސް އޭނާގެ އެޑްރެހާއި ގުޅޭނެ ނަންބަރު ފަދަ ތަކެތި ފުލުހުންނަށް ދޭން އޭނާގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.