އަންހެނަކު އޭނާގެ ދެބެންގެ ދެދަރި އަންހެއްކުއްޖެއް ކުރި އާދަޔާ ޚިލާފު ކަމެއް އެމެރިކާގެ ރެއްޑިޓް ކިޔާ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ހިއްސާކުރުމުން ބޮޑު ސަމާލުކަމެއް ލިބިއްޖެ. އެއީ އެ ދެބެންގެ ދެދަރި ކުއްޖާގެ ކައިވެނި ޕާޓީއަށް ދައުވަތު ނުދޭ ކަމަށް ބުނެ ބައެއް މެހެމާނުންނަށް ކާޑު ފޮނުވީތީ. މިކަމަށް ވަރަށް ގިނަ މީހުންގެ ނުރުހުމާއި ފާޑުކިއުން ވަނީ ލިބިފައި. ބައެއް މީހުން ބުނިގޮތުގައި އެ އަހެންމީހާ އެހެން އެކަންކުރީ ޕާޓީއަށް ދައުވަތު ނުދީ ހަދިޔާ ހޯދުމަށް.

އެމެރިކާގެ ރެއްޑިޓް ކިޔާ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި އިންޑިއާ މީހަކު ހިއްސާކުރި އާދަޔާ ޚިލާފު ވާހަކައަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ. އެއީ އަންހެނަކު އޭނަގެ ދެބެންގެ ދެދަރި އިންޑިއާ އަންހެއްކުއްޖެއް ކުރި އާދަޔާ ޚިލާފު ކަމެއް ހިއްސާ ކުރުމުންނެވެ.

އޭނާ އެ ޕޯސްޓްގައި ލިޔެފައި ވަނީ އޭނާގެ ދެބެންގެ ދެދަރި އަންހެން ކުއްޖާގެ ކައިވެނި ޕާޓީއަށް ދައުވަތު ނުދެން ކަމަށް ބުނެ މީހުންނަށް "ދައުވަތު ނުދެން" ލިޔުމަށްފަހު ކާޑު ފޮނުވި ވާހަކަ އެވެ.

އޭނާ ބުނިގޮތުގައި ދެބެންގެ ދެދަރި އަންހެން ކުއްޖާ އެކަން ކުރީ ކުޑަ ބަޖެޓަކުން ކައިވެނި ޕާޓީ ނިންމާލުމުގެ ބޭނުމުގައި ކަމަށެވެ. ޕާޓީއަށް ދައުވަތު ފޮނުވާނެ މީހުންގެ ލިސްޓެއް ހަދާފައި ދައުވަތު ފޮނުވަން ބޭނުން ނުވާ މީހުނަށް ދައުވަތު ނުދޭ ކަމަށް ބުނެ ކާޑެއް ތައްޔާރު ކުރީ އެވެ. ކައިވެންޏަށް ދައުވަތު ދިން މީހުންނަށް ވެސް ވަރަށް ހައިރާން ކުރުވަނިވި މެސެޖެއްކޮށްފައިވާ ކަމަށް އޭނާ ބުނެ އެވެ.

ދައުވަތު ނުދޭކަމަށް ބުނެ ކާޑުފޮނުވީ އަގުބޮޑު ހަދިޔަ ބޭނުން ވެގެންކަމަށް އެތައް ބައެއްގެ ތުހުމަތު

އެ މެސެޖްގައި ވަނީ ކައިވެންޏަށް އައިސް ކައިވެނީގެ ކަންކަން ނިމުމުން އެ ދެމަފިރިން ފޮޓޯނަގަން ދިއުމުން ޕާޓީއަށް ތައްޔާރުކުރުމަށް އަތުކުރި އޮޅާލައިގެން އެތަން ސާފުކޮށް ސެޓަޕް ކުރުމުގައި އެހީތެރިވެ ދިނުމަށެވެ.

ރެއްޑިޓްގައި ހިއްސާކުރި މިވާހަކައަށް އެތައް ބަޔަކު ކޮމެންޓް ކޮށްފައިވާއިރު، ގިނަ ބަޔަކު ކައިވެނިކުރާ ދެމީހުންގެ މި ހަރަކާތާ ދޭތެރޭ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަނެއް ބަޔަކު ދެކޭގޮތުގައި މިއީ މީހުނަށް ދައުވަތު ނުދީ އަގު ބޮޑު ހަދިޔާ ހޯދުމުގެ ބޭނުމުގައި ކުރަން ނިންމައިފައިވާ ކަމެކެވެ.

ޕާޓީއަށް ދައުވަތު ނުދިނީ ބަޖެޓް ނެތިގެން

ޕާޓީ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ކައިވެނިކުރަން އުޅޭ އަންހެން މީހާ އުޅޭ ގެއާ ދުރު ހިސާބެއްގަ އެވެ. އެ މީހުން ބޭނުން ވަނީ ކުޑަ ގާޑަން ވެޑިންއެއް ބާއްވަން ކަމުގައި އޭނާ ބުންޏެވެ.