ދެކުނުގެ ރަށެއްގައި އަމިއްލަ ދަރިފުޅާއި އިތުރު ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބައްޕައަކު ހައްޔަރުކޮށްފި އެވެ.މިދިޔަ ހަފުތާގައި މި މައްސަލަ ފެންމަތިވެފައިވަނީ "ބައްޕަ ލޯބިން ކުރާ ކަމެއް ކަމަށް" ބުނެ ޖިންސީ ގޯނާގެ ވާހަކަތައް އޭނާގެ ދަރިފުޅު އެހެން މީހަކަށް ކިޔައިދިނުމުންނެވެ.މި ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެނގިފައިވާ ގޮތުގައި އޭނާ ޖިންސީ ގޯނާ ކުރީ ގްރޭޑް 2 ގައި ކިޔަވާ ދަރިފުޅަށާއި އިތުރު ކުއްޖަކަށެވެ. އޭނާއަކީ މީގެ 13 އަހަރުކުރިން ވެސް ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައި ހުރި މީހެކެވެ. އެ ފަހަރު އޭނާއަކަށް ދައުވާކޮށްފައިނުވެ އެވެ.
ކާނިވާ ސަރަހައްދުން އުޅަނދުފަހަރު ނަގަން އަންގައިފި
40 ޕަސެންޓު މާރުކުރުމަކީ ތަހައްމަލު ކުރެވޭނެ ކަމެއް ނޫން: މަޓީ
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ގޮތް ހެދުމަށް މަޖިލީހަށް