ކުރިއަށް އޮތް ރޯދަމަސް ފެށުމުގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ ހިދުމަތްތައް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރުމަކީ އަމާޒެއް ކަމަށާއި، މި މަރުހަލާގެ ތެރެއިން އެއްވެސް މުވައްޒަފަކު މަދުނުކުރާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ފެނަކަ އުވާލައި އެ ކުންފުނީގެ ޒިންމާތައް ސްޓެލްކޯއާ ހަވާލުކުރަން ނިންމާފައިވާއިރު، އަފީފް ވިދާޅުވީ އެ މަސައްކަތް ހާއްސަ ޝެޑިއުލަކާ އެއްގޮތަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ ނިޔަލަށް ފެނަކައިގެ ހުރިހާ ސްޓޭޝަނެއް ސްޓެލްކޯއާ ހަވާލުކޮށް ނިންމާލެވޭނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ.
އަފީފް ފާހަގަކުރެއްވި ގޮތުގައި، ހިދުމަތްތައް ބަދަލުކުރުމުގެ މަރުހަލާގައި ފެނަކައިގެ ހުރިހާ މުދަލަކާއި މުވައްޒަފުންވެސް ސްޓެލްކޯގެ ދަށަށް ބަދަލުވެގެންދާނެ އެވެ. އަދި ވަކިވަކި ސްޓޭޝަންތައް ސްޓެލްކޯއާ ހަވާލުކުރެވެންދެން މުވައްޒަފުން ތިބޭނީ ފެނަކައިގެ ދަށުގައި، އެ ރަށެއްގެ މަސައްކަތްތައް ބެލެހެއްޓުމުގައި ކަމަށާއި، މުވައްޒަފުން ވަކިކުރުމުގެ އެއްވެސް ނިންމުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ފެނަކައިން މީހުން މަދުކުރުމުގެ ގޮތުން ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ކެނޑުމުގެ ފުރުސަތު މިދިޔަ ޖޫން މަހު ހުޅުވާލުމުން 107 މުވައްޒަފަކު ވަނީ އެ ޕެކޭޖުގެ ދަށުން ވަކިވެފަ އެވެ. މާލީ ބޮޑެތި ގެއްލުންތަކާއި ކޮރަޕްޝަނުގެ ތުހުމަތުތައް އަމާޒުވެފައިވާ ފެނަކައިގެ މުވައްޒަފުންގެ ޖުމްލަ އަދަދު އުޅެނީ 8,000 އާ ކައިރީގަ އެވެ.
ކޮޕް ސަމިޓަށްފަހު ރައީސް މުއިއްޒު މާލެ ވަޑައިގެންފި
ގޭތެރޭގެ ކަންކަމާ ޝަކުވާ ކުރުމުގެ ހުއްދައެއް ނޯވޭ: ޝާހްރުކް ޚާން
ޕީއެންސީއާ އެކު ކޯލިޝަން ހަދަން އަދާލާތު ޕާޓީން ނިންމައިފި