މިއަހަރު ދުނިޔެއާ އެންމެ ކައިރިން ދަތުރުކުރާނެ ގިނިހިލަ، މިމަހުގެ 21 ވަނަ ދުވަހު ދުނިޔެއާ 1.25 މިލިއަން މޭލު ކައިރިން ދަތުރުކުރާނެ ކަން ނާސާއިން ބުނެފި އެވެ.
ނާސާއިން ބުނި ގޮތުގައި މިފަހަރު ފަލަކީ އިލްމުވެރިންނަށް ވަރަށް ގާތުން ގިނިހިލައެއް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
"2001 އެފްއޯ32" ގެ ނަމުން ނަންދީފައިވާ، ވަށަމިނުގައި 3،000 ފޫޓު ހުންނަ މި ގިނަ ހިލަ ފެނިފައިވަނީ މީގެ 20 އަހަރު ކުރިންނެވެ.
ސެންޓާ ފޯ ނިއާ އާތް އޮބްޖެކްޓްސް ގެ ޑިރެކްޓަރު ޕޯލް ޗޯޑަން ވިދާޅުވި ގޮތުގައި މި ގިނި ހިލަ ދުނިޔެއާ އެންމެ ކައިރިވިޔަސް ވާނީ 1.25 މިލިއަން މޭލަށެވެ.
މިއީ ދުނިޔެއާ ހަނދާއި ދެމެދުގައި ހުންނަ ދުރުމިނަށް ވުރެ 5.25 ގުނަ އިތުރު ދުރުމިނަކަށް ވީ ނަމަވެސް މި ގިނަ ހިލައަކީ ނުރައްކާތެރި ގިނި ހިލައެއް ކަމުގައި ބެލެވިދާނެ ކަމަށް ނާސާ އިން ބުނެ އެވެ.
ނާސާއިން އިތުރަށް ބުނިގޮތުގައި 2001 އެފްއޯ32 ދަތުރުކުރާނީ ގަޑިއަކު 77،000 މޭލުގެ ބާރުމިނުގަ އެވެ. މިއީ އާންމުކޮށް ދުނިޔެއާ ގާތުން ދަތުރުކުރާ ގިނަ ހިލަތަކަށް ވުރެ ބާރު ދުވެއްޔެއްގައި ދަތުރުކުރާނެ ގިނި ހިލައެކެވެ.
"މިވަގުތު މި ހިލައާ ގުޅޭ މާ ގިނަ މައުލޫމާތެއް އެނގޭކަށް ނެތް. ދުނިޔެއާ ކައިރިން ދަތުރު ކުރާތީ މި ލިބިގެން ދަނީ އެއާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދެނެގަތުމުގެ ފުރުސަތެއް،" ސާނާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓަރީގެ ޕްރިންސިޕަލް ސައިންޓިސްޓް ލެންސް ބެނާ ވިދާޅުވި އެވެ.
ނާސާއިން ބުނިގޮތުގައި މި ގިނަ ހިލައިން ދަޅަ އަޅާފައި ހުންނަ ގޮތުން ފަލަކީ އިލްމުވެރިން އޭގެ ސައިޒު ދެނެގަތުމުގެ މަސައްކަތް ކުރާނެ އެވެ.
އެހެންވީމަ ހެދުންބާލައިގެން ފެންވަރާމީހުން އެދުވަހުން ގިފިއްޔަށް ފެނަވަރަން ނުވަންނާތި