ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމަވާފައިވާކަން ދައުލަތަށް ދިގު މުއްދަތެއް ވަންދެން ހިދުމަތްކުރައްވާފައިވާ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު އުމަރު ޒާހިރު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު ވަނީ އުމަރު ޒާހިރުގެ ތާއީދު ލިިބިވަޑައިގަތްކަން ހާމަކުރައްވާ ރޭ ޓުވީޓެއް ކުރައްވާފަ އެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ ކުރީގެ ކޮސްޓްރަކްޝަން މިނިސްޓަރުގެ އިތުރުން ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި އުމަރު ޒާހިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ތާއީދު ކުރައްވަނީ ޑރ. މުއިއްޒުއަށްކަން އިއުލާން ކުރެއްވިޔަސް އެންމެ ރަނގަޅު ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ޑރ. މުއިއްޒުއަށް ތާއީދު ތާއީދުކުރައްވަން ނިންމެވީތީ އެކަމަށް އިޚްލާސްތެރިކަމާއެކު ޝުކުރު ވެރިވެވަޑައިގަންނަވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މާލޭގެ މޭޔަރުކަމަށް އަންނަ މަަހު ވާދަކުރައްވާ ޑރ. މުއިއްޒުއަކީ ވެސް ހައުސިން މިނިސްޓަރކަން ކުރެއްވި ބޭފުޅެކެވެ.
މިނިސްޓަރުކަމުގެ މަގާމުއި ހުންނެވި އިރު އެބޭފުޅާގެ ލީޑަރޝިޕްގެ ދަށުން ވަނީ ގިނަ ބިޔަ މަޝްރޫއުތަކެއް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފަ އެވެ.
ސިނަމާލެ ބްރިޖާއި ކިންގް ސަލްމާން މިސްކިތާއި ރަސްފަންނަކީ ވެސް އެ މަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން ހިންގުނު މަޝްރޫއުތަކެވެ.