ދެހާސް ހަތަރުވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް އެރި ސުނާމީގައި މަރުވި ކަމަށް އެންމެން ހީކޮށްގެން ތިބި ފުލުހަކު، އޭގެ 16 އަހަރު ފަހުން ދިރިހުއްޓާ ފެނިއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުން އެ ހާދިސާގެ ސަބަބުން ނަފްސާނީ މައްސަލަތަކާ ކުރިމަތިވެ، ފާއިތުވެދިގަ 16 އަހަރުގައި ވެސް އޭނާ ހުރީ ނަފްސާނީ ބައްޔަށް ފަރުވާދޭ ހޮސްޕިޓަލެއްގަ އެވެ.
ސުމަޓްރާގެ ކަނޑުގެ އަޑިއަށް އައި ބިންހެލުމުގެ ސަބަބުން އިންޑިއާ ކަނޑުގައި އުފެދުނު ސުނާމީގެ އަސަރު އިންޑޮނޭޝިއާ އަށް ކުރިއިރު އަބްރިބް އަސެޕް ހުރީ ޑިއުޓީގަ އެވެ.
ސަތޭކަ ފޫޓެއްހާ އުސްމިނުގެ އެ ރާޅުތަކުގެ ތެރޭގައި އެ ގައުމުން 230،000 މީހުން ވަނީ މަރުވެ އަދި އެތައް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވެ އެވެ.
އިންޑޮނޭޝިއާގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އަސެޕްއަށް އާއިލާއާ ބައްދަލު މިވީ އެ ހާދިސާއަށް ވިއްސަކަށް އަހަރުވާން ގާތްވެފައި ވަނިކޮށެވެ.
އެ ހުރިހާ ދުވަހަކު އޭނާ ހުރީ ސައިކޭޓްރިކް ހޮސްޕިޓަލެއްގަ އެވެ. އިންޑޮނޭޝިއާގެ ފުލުހުން ވެސް ވަނީ އެއީ އަސެޕްކަން ޔަގީންކޮށްދީފަ އެވެ.
އޭނާ ދިރިހުރިކަން އާއިލާއަށް އެނގުނީ ސޯޝަލް މީޑިއަާގައި ހުރި ފޮޓޯއެއް ފެނިގެންނެވެ.
ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ކަމުގައި ވިޔަސް ދިރިހުއްޓާ ބައްދަލު ވީތީ އޭނާގެ އާއިލާއިން އުފާކުރެ އެވެ.
ސުނާމީ ކާރިސާގައި އޭނާ ވީނުވީއެއް ނޭނގި ގެއްލުމުން އޭނާގެ އާއިލާއިން އެކަން ފުލުހުންނަށް ރިޕޯޓު ވެސް ކުރި އެވެ. މަރުވި ކަމަށް ކަނޑައެޅީ ހޯދަން ކުރި މަސައްކަތް ނާކާޔާބު ވުމުންނެވެ. ކަން މިހެން އޮތް އިރު، އޭނާ ނަފްސާނީ ހޮސްޕިޓަލެއްގައި، ދިރިހުރިކަން ކަމާ ބެހޭ ފަރާތްތަކުން އާއިލާއަށް ނޭންގީ ކީއްވެ ކަމެއް ނޭނގެ އެވެ.
އިންޑޮނޭޝިއާ އަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ގައުމެވެ.
ތި ހޮސްޕިޓަލަކީ ނަފްސާނީ ގޮތުން އިންސާނުން ހަލާކުކުރާ ހޮސްޕިޓަލެއް ކަމަށް ބެލެވޭނީ. ސަބަބަކީ އޭނާ އާއިލާއަށް ނުދައްކާ ބެހެއްޓުން. ، ނުވަތަ ސޯސަލް މީޑިއާ މެދުވެރިކޮށް، ، އަދި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތައް މެދުވެރިކޮށްވެސް އޭނާގެ އާއިލާއަށް ނޭންގުން. ގިނަދުވަސް ނުވެ އާއިލާއާ ބައްދަލުވިނަމަ އޭނާ‘ަށް ދިމާމެފައިވާ ނަފަސާނީ މައްސަލަ ނުވަތަ ބަލި ކުރު މުއްދަތެއްގަ ފަސޭހަވުންގާތް.