ދ. ކުޑަހުވަދޫގައި ކޮވިޑް ފެތުރި އެރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ގޮސްފި އެވެ.

ކުޑަހުވަދޫން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ އެރަށު އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެކެވެ. އަދި އެއަށްފަހު ބައެއް ސްކޫލް ކުދިންނާއި އެ ކުދިންގެ އާއިލާގެ ފަރާތްތައް ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

ދ. އަތޮޅު ހޮސްޕިޓަލްގެ ކޮމިއުނިޓީ ހެލްތު އޮފިސަރު އައިޝަތު މުނީރު ވިދާޅުވީ މިހާތަނަށް ޖުމްލަ 19 ކޭސް އެރަށުން ފެނިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްނުގައި ވެސް އިތުރު މީހުން ޕޮޒިޓިވްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް ފެތުރިފައިވާތީ ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްވެސް މީހަކު ގެއިން ބޭރަށް ނުނިކުތުމަށް ދ. އަތޮޅު ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފަ އެވެ.