ބޮލީވުޑް އަދި ހޮލީވުޑްގައި ވެސް ފިޔަޖަހަމުން އަންނަ ޕްރިޔަންކާ ޗޯޕްރާ އާއި މަޝްހުރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ކައިވެނިކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ޕްރިޔަންކާ އާއި ނިކް ޖޯނަސް

ކައިވެންޏަށް ދެ އަހަރު ފަހުން ނިކް އަށް އެންމެ ފުރަތަމަ ޕްރިޔަންކާގެ މަންމަ އާ ބައްދަލުވި ގޮތް މިވަނީ ހާމަކޮށްފަ އެވެ.

ޕްރިޔަންކާ އާއި ނިކް ޖޯނަސް، މިއަހަރުގެ އޮސްކާ އެވޯޑްގެ ނޮމިނޭޝަން އިއުލާނުކުރުމުގެ ހަފްލާގެ ތެރެއިން

ޕްރިޔަންކާގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ އޭނާގެ ފޮތް "އަންފިނިޝްޑް" ގައި ވަނީ ނިކްއަށް ފުރަތަމަ މަންމަ މަދޫ ޗޯޕްރާ އާ ބައްދަލުވިގޮތް ކިޔައިދީފަ އެވެ.

ޕްރިޔަންކާ ލިޔެފައިވާ ގޮތުން އެއީ މެންދަމު އެކެއް ޖެހި އިރެވެ. މިއަހަރު އޮތް ޖެއިޕޫރް ލިޓްރޭޗާ ފެސްޓިވަލްގައި މިކަން އިތުރަށް ތަފްސީލުކޮށްދެމުން ޕްރިޔަންކާ ބުނީ އޭރު އޭނާ ހުރީ ނައިޓީއެއް ލައިގެން ކަމަށާއި އެދުވަސް ދުވަހަކު ވެސް ހަނދާނުން ނުފިލާނެ ކަމަށެވެ.

ޕްރިޔަންކާ ބުނީ ދަންވަރު ފިރިހެން ކުއްޖަކު ގެއަށް ވައްދަނިކޮށް މަންމަ ހޭލުމުން ލަދުގަތް ކަމަށެވެ.