ފަތިހު 5 ޖަހާއިރަށް ޝޫޓިންއަކަށް އަންނަން ބުނުމުން ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން އެކަމަށް ދެކޮޅުހެދި ކަމަށް އޭނާއާއެކު މަސައްކަތްކުރި ޑިރެކްޓަރެއް ކަމަށްވާ ނިއްކިލް އަދްވާނީ ބުނެފި އެވެ.
ސަލްމާންއާއި ނިއްކިލް އެކުގައި މަސައްކަތް ކޮށްފައިވަނީ 2007 ވަނަ އަހަރު ނުކުކްތް ކާމިޔާބު ފިލްމު "ސަލާމް- އޭ - އިޝްގް"ގަ އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ނިއްކިލް ބުނީ އެ ފިލްމުގައި ހިމެނޭ ލަވައެއްގެ މަންޒަރެއް ނަގަން ފަތިހު އަންނަން ސަލްމާން ކައިރީގައި ބުނުމުން އެކަމަށް އޭނާ ދެކޮޅު ހެދި ކަމަށް ބުނެފަ އެވެ.
އެހެން ކަމުން އެ މަންޒަރު ނެގުމަށްޓަކައި އެއްރޭ ފިލްމުގެ ކްރޫ ނުނިދާ ސަލްމާންއާއެކު ހޭލާ ތިބެން ޖެހުނު ކަމަށް ވެސް ނިއްކިލް ބުންޏެވެ.
ސަލްމާންއަކީ އޭނާ ކުޅެދޭ ފިލްމުތަކަށް ބޮޑު އަގެއް ނަގާ ތަރިއަކަށްވާއިރު ޝޫޓިންތަކުގައި އޭނާގެ ކަންކަން ހުންނަގޮތް މީޑިއާގެ ސަމާލުކަމަށް ވެސް އާދެ އެވެ.
ސަލާމް އޭ އިޝްގްގައި ސލްމާންގެ އިތުރުން ފެނުނު ތަރިންގެ ތެރޭގައި އަނިލް ކަޕޫރު، ޖޫހީ ޗާވްލާ، ޕްރިޔަންކާ ޗޯޕްރާ އަދި ގޯވިންދާ ހިމެނެ އެވެ.
އެމާގެ މި ހެދުން ހާއްސަވާ ސަބަބު ވަރަށް ތަފާތު!
މިއަހަރުގެ ސްޓާޓަޕް ގްރާންޓް ލިބޭ ފަރާތްތައް ހޮވައިފި
ހޮލީވުޑް: އެންމެ ބޮޑު އަގެއް ނެގީ ކޮން ތަރިއެއް!