ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުންގެ އަދަދު 80،000 އަށް އަރާފައިވާ ކަމަށް އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ކޮންގްރެސް އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ޕާޓީ އުފެއްދިއިރު، މެންބަރުންގެ އަދަދަކީ 3000 ކަމަށެވެ. ނަމަވެސް މިއަދު އެ އަދަދު 80،000އަށް އެރީ އެތައް ބައެއްގެ ބުރަ މަސައްކަތުން ކަމަށް ވިދާޅުވި އެވެ.
ޕީއެންސީއަށް މެންބަރުން އިތުރުކުރީ ޕީޕީއެމް އުވާލުމަށްފަހު، އެ ޕާޓީގެ ދަފްތަރުގައި ތިބި އެންމެން އެ މީހުންނަށް ނޭނގި އެ ޕާޓީއަށް ވައްދައިގެންނާއި ސަރުކާރު މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައިގެން އެ ޕާޓީއަށް ވައްދައިގެންނެވެ.
ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަނާއި އެމްއޭސީއެލްފަދަ ކުންފުނިތަކުން ސަރުކާރުން ވަޒީފާދީފައިވާ ޕީއެންސީ އެކްޓިވިސްޓުން ލައްވައި އެކި މުވައްޒަފުންނަށް ގުޅައި މަޖުބޫރުކޮށްގެން ވަނީ ޕީއެންސީއަށް ގިނަ މެންބަރުން ވައްދާފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޕީއެންސީގެ ހުރިހާ މެންބަރުން ވެސް މަސައްކަތް ކުރަންޖެހޭނީ "ގައުމީ މަސްލަހަތު އިސްކޮށް، ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެ" ކަމަށެވެ.
"އަޅުގަނޑު ޔަގީންކުރަނީ ހުރިހާ މަންދޫބުންގެ ފުރިހަމަ ބައިވެރިވުމާއެކީގައި، އަޅުގަނޑު ކުރިން މި ދެންނެވި އެއް ރޫހެއް ގޮތުގައި، އެއް އާއިލާއެއް ގޮތުގައި އެއް ޓީމެއްގެ ގޮތުގައި، ވަރުގަދަ ރޫހެއްގައި، އަޅުގަނޑުމެން އެންމެން ގައުމީ މަސްލަހަތު އިސްކޮށް، ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެ، އެންމެ ފުރަތަމަ ގައުމު އެއީ އަޅުގަނޑުމެންގެ ޝިއާރުކަން އަބަދުވެސް ހަނދާން ބަހައްޓައިގެން، ގައުމުގެ ކުރިމަގަށްޓަކައި ޕާޓީގެ ދައުރު މި ދެންނެވި ފަދައިން އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގައި އަޅުގަނޑުމެން ވަރަށް ލާމަސީލު މިސާލެއް [ދައްކަންޖެހޭ] ...،" މުއިއްޒު ވިދާޅުވި އެވެ.
ފިރިހެނުންނަށް: ރޭގަނޑު ގިނައިން ކުޑަކަމުދާން ހޭލެވޭނަމަ ސަމާލުވޭ
މުއިއްޒު ބޭނުންވާ ގޮތަށް ވޯޓު ދޭން ގިނަ ބަޔަކު ގެންނަނީ
ވަޅީގެ ހަމަލާއިން އަދިވެސް އަރައިނުގަނެވޭ ކަމަށް ސައިފް ބުނެފި
