ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެންމެހައި މެންބަރުން ގައުމީ މަސްލަހަތު ކުރިއަށް ނެރެ، ޕާޓީގެ މަސްލަހަތު ހިމާޔަތްކުރުމުގައި ދެމިތިބުމަށް ރައީސް މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ރައީސް މިފަދައިން ވިދާޅުވީ ޕީއެންސީގެ ގައުމީ ކޮންގްރެސް ފެށުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޕާޓީގެ މެންބަރުން އެއް ޓީމެއްގެ ގޮތުގައި އަދި އެއް އާއިލާއެއްގެ ރޫހުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، ކޮންގްރެސްގެ މަންދޫބުންގެ ފުރިހަމަ ބައިވެރިވުމާއެކު، ގައުމީ މަސްލަހަތު އިސްކޮށް، އެންމެ ފުރަތަމަ ގައުމު އިސްކުރުމުގެ ޝިއާރު އަބަދުވެސް ދަމަހައްޓަން ޖެހޭ ކަމަށެވެ. އަދި ގައުމުގެ ކުރިމަގަށްޓަކައި ޕާޓީގެ ދައުރު ފުރިހަމައަށް އަދާކޮށް، ލާމަސީލު މިސާލެއް ދެއްކުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ޖުމްލަ ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންގްރެސްގައި، ޕީއެންސީގެ ހިންގާ ގަވާއިދަށާއި އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކަށް ވޯޓަށް އެހުމުގެ އިތުރުން، ޕާޓީގެ މުހިންމު ގުނަވަންތަކާއި 12 މަގާމަކަށް މީހުން އިންތިހާބު ކުރުން އޮންނާނެ އެވެ. މީގެ ތެރެއިން އެންމެ ވާދަވެރި މަގާމަކީ ހަ ނައިބު ރައީސުން ހޮވުމަށް ބާއްވާ އިންތިހާބެވެ. މި މަގާމުތަކަށް އަށް ބޭފުޅަކު ވާދަކުރައްވަ އެވެ.

ކޮންގްރެސް ކުރިއަށްދާއިރު، ވަކި ބަޔަކު މަގާމުތަކަށް ހޮވުމަށް ރައީސް މުއިއްޒު މަސައްކަތްޕުޅު ކުރައްވާ ކަމުގެ ތުހުމަތުތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން، ކޮންގްރެސްގައި ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ވޯޓު ދިނުމަށްޓަކައި 300 އަށްވުރެ ގިނަ މީހުން ގެންނަން ނިންމައިފަ އެވެ. މި މީހުންނަކީ ޕާޓީގެ އަސާސީ ގަވާއިދުގެ 21 ވަނަ މާއްދާގެ ހަވަނަ ނަންބަރުގެ ދަށުން، ޕާޓީގެ މެންބަރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ޕާޓީގެ ރައީސް ކަނޑައަޅުއްވާ މެންބަރުންގެ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގެންނަ މީހުންނެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އެ ޕާޓީގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސް ބާއްވަންޖެހެ އެވެ. މަތީ މަޖިލިސް އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި، ވަޒީރުންނާއި ވަޒީރުންގެ ފެންވަރުގެ ބޭފުޅުންގެ އިތުރުން ރަށްރަށުގެ ޒުވާނުންނާއި އަންހެނުންގެ ހަރަކާތްތަކުގެ ވެރިންގެ މައްޗަށެވެ.

ވެ. އަދި ގައުމުގެ ކުރިމަގަށްޓަކައި ޕާޓީގެ ދައުރު ފުރިހަމައަށް އަދާކޮށް، ލާމަސީލު މިސާލެއް ދެއްކުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ޖުމްލަ ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންގްރެސްގައި، ޕީއެންސީގެ ހިންގާ ގަވާއިދަށާއި އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކަށް ވޯޓަށް އެހުމުގެ އިތުރުން، ޕާޓީގެ މުހިންމު ގުނަވަންތަކާއި 12 މަގާމަކަށް މީހުން އިންތިހާބު ކުރުން އޮންނާނެ އެވެ. މީގެ ތެރެއިން އެންމެ ވާދަވެރި މަގާމަކީ ހަ ނައިބު ރައީސުން ހޮވުމަށް ބާއްވާ އިންތިހާބެވެ. މި މަގާމުތަކަށް އަށް ބޭފުޅަކު ވާދަކުރައްވަ އެވެ.

ކޮންގްރެސް ކުރިއަށްދާއިރު، ވަކި ބަޔަކު މަގާމުތަކަށް ހޮވުމަށް ރައީސް މުއިއްޒު މަސައްކަތްޕުޅު ކުރައްވާ ކަމުގެ ތުހުމަތުތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން، ކޮންގްރެސްގައި ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ވޯޓު ދިނުމަށްޓަކައި 300 އަށްވުރެ ގިނަ މީހުން ގެންނަން ވަނީ ނިންމަވާފަ އެވެ. މި މީހުންނަކީ ޕާޓީގެ އަސާސީ ގަވާއިދުގެ 21 ވަނަ މާއްދާގެ ހަވަނަ ނަންބަރުގެ ދަށުން، ޕާޓީގެ މެންބަރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ޕާޓީގެ ރައީސް ކަނޑައަޅުއްވާ މެންބަރުންގެ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގެންނަ މީހުންނެވެ.