ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އަލިފާނުގެ ހާދިސާ ހިނގީ ޗޮކްލެޓާއި ނަޓްސް ވިއްކާ ފިހާރައެއް ކަމަށްވާ "ފުރުޓް ޓްރީ އެޕަލް" ފިހާރައިގެ ގުދަނެއްގަ އެވެ.
އެމްއެންޑީއެފުން ބުނީ ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް މި ހާދިސާގެ މައުލޫމާތު ރޭފަތިހު 4:20 ހާއިރު ލިބުމާއެކު ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިގޮތުން ފަޔާފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ކޮންޓްރޯލްކުރެވުނީ ފަތިހު 5:30 ހާއިރު އެވެ.
އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ 6:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގެއެއްގެ 33 މީހެއް ފާހަގަކުރެވުނު ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި 19 ބިދޭސީންނެވެ.
އޭގެ ތެރެއިން ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސާފައިވަނީ ފަސް ގެއެއްގެ 14 ދިވެހިންނާއި އަށް ބިދޭސީންނަށް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
އަލިފާން ރޯވި ގުދަނަކީ ދަގަނޑާއި ޓިނުން ދެބުރިއަށް ހަދާފައި ހުރި ތަނެކެވެ. އެތަނުގައި ރޯވަން ދިމާވި ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ.
 މިއޮތީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އެހީއެއް!
			މިއޮތީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އެހީއެއް!
		 އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
			އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
		 ޕީއެންއެފްގެ ރައީސް ކަމަށް ޔާމީން، ނައިބުންނަށް ޒެއިން، ޖަމީލް
			ޕީއެންއެފްގެ ރައީސް ކަމަށް ޔާމީން، ނައިބުންނަށް ޒެއިން، ޖަމީލް
		 
								
								 
 
 
					 
					 
					 
					 
					 
					 
					 
					 
					 
					