ކޮވިޑް-19 އާއި އެކު ފަސްކޮށްލި ބޮޑު އިވެންޓްތަކުގެ ތެރެއިން އެއް އިވެންޓަކީ އިންޑިއާގެ ޤައުމީ އެވޯޑް ދިނުމުގެ ހަފްލާ އެވެ. މިއީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އާޓިސްޓުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ އިންޑިއާގެ އެންމެ ޝަރަފުވެރި އެވޯޑް ވެސް މެ އެވެ.

މިއަހަރު ބޭއްވި 67 ވަނަ އެވޯޑް ހަފްލާގައި "މަނިކަރްނިކާ" އަދި "ޕަންގާ" ފިލްމުން ކަންގަނާ ރަނޯތް، "ބޯންސްލޭ" އިން މަނޯޖް ބާޖްޕާއީ އަދި "އަސުރަން" އން ދަނުޝް އަށް ވެސް ވަނީ އެވޯޑް ލިބިފަ އެވެ.

މި އެވޯޑް ދެނީ އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ދަށުން އޮންނަ ފިލްމް ފެސްޓިވަލްގެ ޑިރެކްޓޮރޭޓުންނެވެ.