ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ބުކިން ހެދުމަށް މޯލްޑިވިއަނުން ވަނީ އެދިފައި

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ޓިކެޓްތަކުގެ އަގު ބޮޑުކަމަށް ދައްކައިފި އެވެ.

މިކަމާއި ގުޅިގެން މޯލްޑިވިއަންއިން ބުނީ ބުކިން ސިސްޓަމްއަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން މިވަގުތު ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ބުކިން ހެދުމަށް ވަނީ އެދިފަ އެވެ.

މޯލްޑިވިއަންއިން ބުނީ ޓިކެޓްގެ އަގުތަކަށް އެ އެއާލައިނުން އެއްވެސް ބަދަލެއް ނުގެންނަކަމުގެ ޔަގީންކަން ދޭކަމަށާއި އަގުތަކަށް ބަދަލު އައިކަމަށް ދެއްކީ ސިސްޓަމަށް ދިމާވި މައްސަލައާ ގުޅިގެން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މޯލްޑިވިއަން ވަނީ މާފަށް އެދިފަ އެވެ.

މިއާއެކު ބުކިން ހެދުމަށް މޯލްޑިވިއަންގެ ހޮޓްލައިން 1671 އަށް ގުޅުއްވުމަށާއި ނުވަތަ އީމެއިލް މެދުވެރިކޮށް ނަމަ، [email protected] އަށް މެއިލް ކުރުމަށް އެ އެއާލައިނުން ވަނީ އެދިފަ އެވެ.