މިމަހުގެ 22ވަނަ ދުވަހު ދޫކޮށްލި ޓްރެއިލާއަށްފަހު ގިނަ ބަޔަކު ޝައުގުވެރިކަމާއެކު އިންތިޒާރު ކުރަމުން އައި ދިވެހި ސީރީޒް "ހިންތާ" ބެލުންތެރިންނަށް މިހާރު މީޑިއާނެޓުގެ ވީޑިއޯކްލަބް ބެދުވެރިކޮށް ބަލާލެވޭނެ އެވެ. ކޯޕަރޭޓް ތްރިލާ ޖޮންރާގެ މި ސީރީޒްގެ ފުރަތަމަ 2 އެޕިސޯޑު މިހާރުވަނީ ވީޑިއޯކްލަބުގައި ރިލީޒްކޮށްފަ އެވެ. ބެލުންތެރިންނަށް ހަދިޔާއެއްގެ ގޮތުން މި ސީރީޒްގެ ފުރަތަމަ އެޕިސޯޑު ބެލުންތެރިންނަށް ހިލޭ ބަލާލެވޭނެ އެވެ.

އެމް އޮރިޖިނަލްސް ބޭނާގެ ދަށުން ތައްޔާރުކުރާ މި ސީރީޒްއަކީ "އެއްކާފް"ގެ ޕްރޮޑަކްޝަނެކެވެ އަދި ޑައިރެކްޓްކޮށްފައި ވަނީ ހުނަރުވެރި އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫގެވެ. މި ސީރީޒްގެ ސްކްރީންޕްލޭ ލިޔެފައިވަނީ އަހުމަދު ޒަރީރެވެ.

މި ސީރީޒްގެ ލީޑު ރޯލުން ފެނިގެންދާނީ ޔުމްނާގެ ރޯލުން އާއިޝަތު ރާއިޝާ އަދި ޝިޔާޒްގެ ރޯލުން ސާމީ ހުސެއިން އެވެ. މިއީ މި ދެ ތަރިން ވެސް އެމް އޮރިޖިނަލްސްގެ ސީރީޒްއެއްގެ ލީޑު ރޯލުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން ފިލްމީ ދާއިރާގައި މަޝްހޫރު ނަންތައް ކަމުގައިވާ ހަސަން މަނިކު، މުހައްމަދު މަނިކު، އިފްނާޒް ފިރާގް، ރަޝްފާ ފާރޫގް އަދި ތާތި އާދަމް ވެސް އެކި ރޯލުތަކުން ފެނިގެންދާނެ އެވެ.

މި ސީރީޒް އެކުލެވިގެން ވަނީ ޖުމްލަ 10 އެޕިސޯޑުގެ މައްޗަށެވެ. މީޑިއާނެޓުގެ ކަސްޓަމަރުންނަށް އެމްޓީވީ ސާވިސް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެ ޓީވީ އަދި ފޯނު މެދުވެރިކޮށް މި ސީރީޒްގެ އެޕިސޯޑުތައް ބަލާލެވޭނެ އެވެ. އަދި އެމްއެސް ގްލޯބަލްއާއި އެމްއެސް ޑީޖިޓަލް ގްލޯބަލް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް މި ސީރީޒް ބަލާލެވޭނެ އެވެ. ޓީވީ މެދުވެރިކޮށް މި ސީރީޒް ބަލާލުމަށް ވީޑިއޯކްލަބްގެ ޓީވީ ޕެކޭޖެއް އެންމެ 100ރ އަށް ނަގާލުމުން ބަލާލެވޭނެ އެވެ. އަދި ފޯނު މެދުވެރިކޮށް އެންމެ 50ރ ގެ ޕެކޭޖަކުން މި ސީރީޒް ބަލާލެވޭނެ އެވެ.

"ހިންތާ"ގެ އިތުރުން ވެސް ދާދި ފަހުން ރިލީޒްކުރި ސީރީޒް "ރޯލީމޭ" އަދި އެހެނިހެން ގިނަގުނަ ދިވެހި، ހިންދީ، އިނގިރޭސި، ކާރޓޫން އަދި އެހެނިހެން ފިލްމާއި ސީރީޒް ވީޑިއޯކްލަބްގެ ކޮންޓެންޓް ލައިބްރަރީގައި ހިމެނެ އެވެ.