ކައިވެނީގެ 50 އަހަރު ފުރޭ ދުވަހަކީ ދެމަފިރިންގެ ހަޔާތުގައި އަންނަ ވަރަށް އުފާވެރި ދުވަހެކެވެ.

އެމެރިކާއަށް ނިސްބަތްވާ އުމުރުން 70 އަހަރުގެ ކެރޮލީން އާއި 76 އަހަރުގެ ކެލީ ގްރޭގެ ކައިވެންޏަށް 50 އަހަރު ފުރުން ފާހަގކުރުމަށް އެ ދެމީހުން ވަނީ ތަފާތު، ލޯބި ކަމެއް ކޮށްފަ އެވެ.

އެގޮތުން މީގެ 50 އަހަރު ކުރިން ކައިވެނި ކުރި ހެދުން ލައިގެން، ކައިވެނި ކުރެވުނު ފައްޅީގައި ވަނީ އަސްލު ކައިވެނީގެ ފޮޓޯތައް "ރިކްރިއޭޓް" ކޮށްފަ އެވެ.

ކެރޮލީން އާއި ކެލީ

ކެރޮލީން ދިޔައީ މި ފޮޓޯޝޫޓަށް ތައްޔާރުވުމުގެ ގޮތުން މީގެ ތިން އަހަރު ކުރިން ފެށިގެން އިސްތަށިގަނޑު ދިގުކޮށް، ތައްޔާރުވަމުންނެވެ.

މި ފޮޓޯތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކެރޮލީން ބުނީ ފޮޓޯތަކުން އެންމެ ބޮޑަށް ފާހަގަވީ އޭނާގެ މޫނުގައި ހުރި ރޫތައް ކަމަށެވެ.

ކެރޮލީން އިތުރަށް ބުނީ މި ފޮޓޯޝޫޓުގެ ހިޔާލު އައީ އަލުން އިސްތަށިގަނޑު ދިގުކުރުމުގެ ފުރުސަތު ލިބުމުންނެވެ.

ކެރޮލިން ބުނީ އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދުމުގެ ސަބަބުން އިސްތަށިގަނޑު ވަރަށް ބޮޑަށް ހަލާކުވުމުން އާންމުކޮށް ދިގު ނުކުރާ ކަމަށާއި އެހެން ނަމަވެސް މި ފޮޓޯ ޝޫޓަށް ޙާއްސަކޮށް މީގެ 3 އަހަރުކުރިން ފެށިގެން އިސްތަށިގަނޑު ދިގުކުރަމުން ދިޔަ ކަމަށް.

"އަހަރެމެންގެ ދެވަނަ އެނިވަސަރީގައި އަހަރެންގެ އޯވަރީއެއް ނަގަން ޖެހުމުން ޖެހުނީ އިސްތަށިގަނޑު ކޮށާލަން. އެއަށް ފަހު އެ އަހަރު އަހަންނަށް ދަރިއަކު ލިބުމުން ވެސް އިސްތަށިގަނޑު ކޮށާލިން،" ކެރޮލީން ބުންޏެވެ.

އޭނާ އިތުރަށް ކިޔާދިން ގޮތުގައި އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދުމުގެ ސަބަބުން އިސްތަށިގަނޑު ވަރަށް ބޮޑަށް ހަލާކުވުމުން އާންމުކޮށް ދިގު ނުކުރެ އެވެ.

ކެރޮލިން ކައިވެނީގެ ހެދުމުގައި. އޭނާ ބުނީ 50 އަހަރު ފަހުންވެސް ހެދުން ލެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް

ކެލޮރީންގެ ފިރިމީހާ ކެލީ އަށް އޭރު އޭނާ ލި ސޫޓެއް ނުލެވުނެވެ. އެހެން ނަމަވެސް ފޮޓޯނެގުމަށް އެއާ އެއްގޮތް ސޫޓެއް ހޯދި އެވެ.

ކެރޮލިންގެ އާއި ކެލީ
ކެރޮލިން އާއި ކެލީ މީގެ 50 އަހަރުކުރިން ކައިވެނި ކުރި ފައްޅީގެ ބޭރުގައި ފޮޓޯއަކަށް ހުއްޓިލައިގެން

ގާތްގަނޑަކަށް އެއް ގަޑިއިރާ ބައި ހޭދަވި މި ފޮޓޯޝޫޓާއި މެދު އެ ދެމަފިރިން ތިބީ ވަރަށް ހިތްހަމަ ޖެހިފަ އެވެ.