ރީތި ރަށް ރިސޯޓާ ދިމާލު ބޭރުން ދަތުރުކުރި އޭޑީކޭ ކުންފުނީގެ ލަގްޒަރީ ޔޮޓެއްގައި ރޯވެ މީހަކު ފިހިއްޖެ އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރީތި ރަށް ރިސޯޓާ ދިމާލުން 5 މޭލު ބޭރުން ދަތުރު ކުރަމުންދިޔަ 'ނަވައިމާ' ކިޔާ ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި މައްސަލަ މިދިޔަ ބުދަ ދުވަހުގެ ފަތިހު 3:43 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ހާދިސާ ހިނގިއިރު، ޔޮޓުގައި ފަސް މީހަކު ތިބި ކަމަށާއި، އޭގެ ތެރެއިން އެކަކު ފިހިގެން ފަރުވާ ދިމުނަށް މާލެ ގެންސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަލިފާނުގެ ހާދިސާ އާ ގުޅިގެން އެ ޔޮޓު މިހާރު އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެެ.
"ނަވައިމާ" ގައި ހިނގި އަލިފާނުގެ ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.