އިނގިރޭސި ޝާހީ އާއިލާގެ އަމީރާ ކޭޓް މިޑްލްޓަން އޭނާގެ ހަތަރުވަނަ ދަރިފުޅަށް ބަލިވެ އިންކަމަށް ހަބަރުތައް ފެތުރެން ފަށައިފި އެވެ.
ކޭޓް އިނީ ބަލިވެ ކަމަށް އަޑުތައް ފެތުރެން ފަށާފައި މިވަނީ އެ އާއިލާއަށް ނިސްބަތްވާ އެހެން މެމްބަރެއް ކަމަށްވާ ޕްރިންސަސް ބީޓްރީސްއަށް ދަރިއަކު ލިބިފައިވަނިކޮށެވެ.
ކޭޓްއާއި ފިރިކަލުން ޕްރިންސް ވިލިއަމްސް އަންނަނީ ހަތަރުވަނަ ދަރިފުޅަށް މަރުހަބާ ކިޔަން ތައްޔާރު ވަމުން ކަމަށް ހަބަރުތައް ބުނި ނަމަވެސް އެކަން ޝާހީ އާއިލާއިން ޔަގީން ކޮށްދީފައެއް ނުވެ އެވެ.
އެހެނެއް ކަމަކު އެ އާއިލާއާ ގާތް ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި ކޭޓްގެ މިހާރުގެ ސިއްހީ ހާލަތާއެކު އެ ދެކަނބަލުން އިތުރު ދަރިއަކު ހޯދުމަކީ ނާދިރު ކަމެކެވެ.
ޕްރިންސަސް ކޭޓް ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ކުރީކޮޅު އިއުލާން ކުރި ނަމަވެސް އަހަރު ނިމުނުއިރު ކެންސަރު ރެމިޝަންއަށް ގޮސްފައިވާ ކަމަށް ޝާހީ އާއިލާއިން ބުންޏެވެ.
2011 ވަނަ އަހަރު ކައިވެނިކުރި ވިލިއަމްއާއި ކޭޓްއަށް ތިން ކުދިން ލިބިފައިވެ އެވެ. އެއީ ޕްރިންސް ޖޯޖް، ޕްރިންސަސް ޗާލޮޓް އަދި އަދި ޕްރިންސް ލުއިސް އެވެ.